ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަވީން ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ފުލުހުންގެ ޚިދުމަތުގައި 31 އަހަރަށްވުރެ ދިގު މުއްދަތަކު ޚިދުމަތް ކުރެއްވުމަށްފަހު، ކޮމިޝަނަރު އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އިސްމާޢީލް ނަވީން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފިއެވެ.

ނަވީން ފުލުހުންގެ ޚިދުމަތުން ވަކިވެވަޑައިގެންނެވިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އޭނާ ވިދާޅުވީ ބުދަ ދުވަހުން ފެށިގެން ޚިދުމަތުން ރިޓަޔާ ކުރައްވާފައިވާ ކަމަށާއި، ފުލުހުންގެ މުއައްސަސާގައި ޚިދުމަތް ކުރުމަކީ ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.

ޚިދުމަތުން ވަކިވެވަޑައިގެންނެވި ނަމަވެސް، ފުލުހުންގެ މުއައްސަސާއަށް އޮތް އިތުބާރާއި ލޯބި އަދި ޤައުމަށް އޮތް ލޯބި އެގޮތުގައި ދެމިއޮންނާނެ ކަމަށް ނަވީން ވިދާޅުވިއެވެ. ނަވީން އަކީ ފުލުހުންގެ އިދާރާގެ އެކި ފަންތީގެ މަޤާމުތައް ފުރުއްވައި، ގިނަ ދުވަސްތަކެއް ވަންދެން އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމިޝަނަރު އޮފް ޕޮލިސްގެ މަޤާމަށް ނަވީން އައްޔަނު ކުރެއްވީ ޖޫން 10، 2025 ގައެވެ. އެ މަޤާމަށް އޭނާ އައްޔަނު ކުރެއްވީ ކުރިން އެ މަޤާމުގައި ހުންނެވި ޢަލީ ޝުޖާޢު، އޭޕްރީލް 25، 2025 ގައި އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ޝުޖާޢު އިސްތިޢުފާ ދެއްވުމުން، ކޮމިޝަނަރަކު އައްޔަނު ކުރެވެންދެން ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގެވުމާވެސް ހަވާލުވެ ހުންނެވީ ނަވީންއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: