ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭ ފޭސް ދޭއްގައި ގާއިމްކުރި ރޯދަ މާރުކޭޓު ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހަށް ހާއްސަކޮށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ރޯދަ މާރުކޭޓު ރަސްމީކޮށް ހުޅުވައިފިއެވެ.

މިއީ މި ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތަރައްގީކޮށްފައިވާ މާރުކޭޓެކެވެ.

މި މާރުކޭޓުން އާންމުންނަށް ބޭނުންވާ ގިނަ ބާވަތްތަކެއް ލިބެން ހުންނާނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. އޭގެ ތެރޭގައި މަހުގެ ބާވަތްތަކާއި، ތާޒާ މޭވާއާއި ތަރުކާރީގެ އިތުރުން އެހެނިހެން ދިވެހި ކާބޯތަކެތީގެ ބާވަތްތައް ހިމެނެއެވެ. މީގެ ސަބަބުން ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ހޯދުމަށް ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މާރުކޭޓު ގާއިމްކޮށްފައިވަނީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހައިން ދެވޭނެ ފަދަ ތަނެއްގައެވެ. އެގޮތުން މި މާރުކޭޓު ހުންނާނީ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތާ ދެމެދު އޮންނަ ހުސް ބިމުގައެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ހުޅުމާލެއަކީ ހުރިހާ ހިދުމަތެއްވެސް ފަސޭހަކަމާއެކު ލިބެން ހުންނަ، ދިރިއުޅެން ހިތްފަސޭހަ ތަނަކަށް ހެދުމެވެ. މި މާރުކޭޓަކީވެސް އެ މަގްސަދުގައި ރަމަޟާން މަހުގެ ބޭނުންތަކަށް ހާއްސަކޮށްގެން ހުޅުވި ތަނެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: