ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަވީން ރިޓަޔާ ކުރެއްވުމާއި ގުޅިގެން ފުލުހުންގެ އިދާރާގެ ހިންގުން ވަގުތީގޮތުން ފަރުހާދަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމާ ގުޅިގެން، އެ މުއައްސަސާގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރެއްވުމަށް ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ ހަމަޖައްސަވައިފިއެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، ނަވީން ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައިވަނީ 18 ފެބްރުއަރީ 2026 ގައެވެ. އެހެންކަމުން، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުގެމަތިން، އެ ތާރީހުން ފެށިގެން ފުލުހުންގެ ހިދުމަތް ވަގުތީގޮތުން ހިންގަވާނީ ފަރުހާދު ފިކުރީ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހްސާން ވަނީ ކަނޑައަޅުއްވާފައެވެ.

އިސްމާއީލް ނަވީން ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 7 ޖުލައި 1994 ގައެވެ. އޭނާ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އައްޔަނު ކުރެއްވީ 10 ޖޫން 2025 ގައެވެ. ނަވީން މި މަގާމަށް އައްޔަނު ކުރެއްވީ އޭގެ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު 25 އޭޕްރީލް 2025 ގައި ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އަލީ ޝުޖާއު އިސްތިއުފާ ދެއްވުމުން އާ ކޮމިޝަނަރަކު އައްޔަނު ކުރެވެންދެން ވެސް ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވީ ނަވީންއެވެ. ނަވީން މިހާރު ވަނީ ގާތްގަނޑަކަށް 31 އަހަރަށްވުރެ ގިނަ ދުވަހު ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރެއްވުމަށްފަހު ރިޓަޔާ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: