ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ ތަސައްވަރު ރައްޔިތުންނާއި ހަމައަށް ގެނައުމަށްޓަކައި ލޯކަލް ކައުންސިލް އިންތިޚާބު ވަރަށް މުހިންމު : ސައީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ތަސައްވަރު ރައްޔިތުންނާ ހަމައަށް ގެނައުމަށްޓަކައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ވަރަށް މުހިންމު އިންތިޚާބެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ ”ދިވެހީންގެ ރާއްޖެ“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ދޭއިރު ރައްޔިތުން ވިސްނާލަން މުހިއްމު ދެ ކަމެއް ސައީދު ފާހަގަކުރެއްވިއެވެ. އެގޮތުން ފުރަތަމަ ކަމަކަށް ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާގެ ވައުދުތައް ތަންފީޒުކުރުމުގައި ކަންކުރެއްވި ގޮތް ބެލުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ދެވަނަ ކަމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރަށް ދީފައިވާއިރު، ރައްޔިތުން ބޭނުންވާ ކަންކަން ފުއްދުމުގައި މަޖިލީހުގެ ބާރު ބޭނުންކުރެއްވި ގޮތް އެނގުން މުހިއްމު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންފައިވާ ވަޢުދުތައް ފަސޭހަކަމާއެކު ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެވިފައިވާ ކަމަށެވެ. މިއީ މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކު ކުރެއްވި ކަމެއް ނޫން ކަމަށާއި، މީގެއިން ހާމަވަނީ ގައުމު ކުރިއެރުވުމަށްޓަކައި އެމަނިކުފާނު ގެންގުޅުއްވާ ފުރިހަމަ ސިޔާސަތުތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރު ޖަވާބުދާރީކުރުވުމަށް ކައުންސިލުތަކުގެ މެޖޯރިޓީ ބޭނުންވާ ކަމަށް ބުނެ އެމްޑީޕީން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ސައީދު ވިދާޅުވީ، އެމްޑީޕީއަށް ސަރުކާރު ޒިންމާދާރު ނުކުރެވެނީ މެޖޯރިޓީ ނެތިގެން ނޫން ކަމަށެވެ. އަދި އެމްޑީޕީގެ ލީޑަރޝިޕްގައި ހިންގުމުގެ ބޮޑެތި މައްސަލަތަކެއް އުޅޭކަމަށް ވެސް ވިދާޅުވިއެވެ.

 ”ޑިމޮކްރަސީއެއްގައި ޒިންމާދާރު ހަރުދަނާ އިދިކޮޅު ޕާޓީއެއް އޮތުން މުހިންމު،“ މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު ގައުމުގެ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށާއި، ނަމަވެސް ރައީސް މުއިއްޒު ކަންކަން ކުރައްވަނީ ގައުމަށް މި ދަނޑިވަޅަށް އެންމެ ރަނގަޅު ގޮތަށް ކަމަށް ސައީދު ވިދާޅުވިއެވެ. ގައުމުގެ މާލީ ހާލަތު 2024 ވަނަ އަހަރު އޮތް ގޮތާއި މިއަދު އޮތް ގޮތް އަޅާކިޔާލުމުން ރައީސްއަކީ ނަތީޖާ ނެރެދެއްވާ ވެރިއެއްކަން ސާފުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނިންމަވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ގައުމުގެ މާލީ ހާލަތުން ސަލާމަތްވެ ރައީސްގެ ވައުދުފުޅުތައް ފުއްދުމަށް ކުރަމުންދާ މަސައްކަތްތަކުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ސަރުކާރަށް ވަރަށް މުހިންމު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: