ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލަކީ ރަށެއްގެ އެންމެ އިސް މުއައްސަސާކަން ބަލައިގަންނަން ޖެހޭ: އާދަމް ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ނިޒާމުގެ ދަށުން މަސައްކަތް ކުރުމުގައި، ކައުންސިލުތަކަކީ ރަށްރަށުގައި ހުންނަ އެންމެ އިސް މުއައްސަސާކަން ހުރިހާ ފަރާތްތަކަކުން ވެސް ގަބޫލުކުރަންޖެހޭ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ލާމަރުކަޒީ ނިޒާމުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީގެ މުވައްޒަފުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ތައާރަފުވިތާ 15 އަހަރު ވެފައިވާއިރު، މި ނިޒާމު ވަނީ ގިނަ ތަޖުރިބާތަކެއް ކޮށްފައި ކަމަށެވެ. އަދި ނިޒާމު ފެށުނުއިރު ކުރިމަތިވި ގޮންޖެހުންތަކާއި، ރައްޔިތުން އެ ނިޒާމު ބަލައިގަތް މިންވަރާ މެދު މިއަދު ވިސްނާލުން މުހިއްމު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތް ދެވޭ ނިޒާމު ކަމަށާއި، މިހާތަނަށް ކުރެވުނު ތަޖުރިބާތަކުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރައްޔިތުން މި ނިޒާމު ބަލައިގަނެފައިވުން ކަމަށެވެ. އަދި ކައުންސިލުތަކަކީ މި ނިޒާމުގެ އެންމެ މުހިއްމު ބައިވެރިން ކަމަށް ވެސް ވިދާޅުވިއެވެ.

”ދައުލަތުގެ ހުރިހާ ވުޒާރާއެއް އަދި މުއައްސަސާއަކުންވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް އެންމެ ގާތުން ހިދުމަތްދޭ ނިޒާމު ކަމަށްވާއިރު މި ނިޒާމުގައި މަސައްކަތް ކުރުމުގައި ކައުންސިލުތަކަކީ ރަށްރަށުގައި ހުންނަ އެންމެ އިސް މުއައްސަސާ،“ މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލްތަކަކީ އެންމެ މުހިއްމު ބައިވެރިޔާގެ ގޮތުގައި މަސައްކަތް ކުރުމުގެ ފިކުރު ދިރުވައި އާލާކުރުމަށް ވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ލާމަރުކަޒީ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދައްކަވަމުން ގެންދަވާ ނަމޫނާއަށް ވެސް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރައީސް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ކައުންސިލުތަކާ ބައްދަލުކުރައްވައި، ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: