ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޯސްގެ ސިޔާދަތީ ބާރު ހޯދުމަށް އައިސީޖޭއަށް ރާއްޖެއިން މައްސަލަ ހުށަހަޅާނެ: ފަރާޖު

ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރު ހޯދުމަށް ދިވެހިރާއްޖޭގެ ފަރާތުން ވަރަށް އަވަހަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް މައްސަލައެއް ހުށަހަޅާނެ ކަމަށް ބެލެވޭ ކަމަށް އިނގިރޭސިވިލާތުގެ ރިފޯމް ޕާޓީގެ ލީޑަރު އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނައިޖެލް ފަރާޖު ވިދާޅުވެއްޖެއެވެ. މިއީ ޗާގޯސްގެ މައްސަލައިގައި ބައިނަލްއަގުވާމީ މައިދާނުގައި އުފެދިފައިވާ ބަހުސްތަކަށް އިތުރުވި އާ ބޮޅެކެވެ.

ނައިޖެލް ފަރާޖު ފާހަގަކުރެއްވި ގޮތުގައި ޗާގޯސްއާ ތާރީހީ އަދި އިގުތިސޯދީ ގުޅުންތައް އޮތީ މޮރިޝަސްއާ ނޫން ކަމަށާއި، އެ ގުޅުންތައް އޮތީ ދިވެހިރާއްޖެއާ ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ފަރަންސޭސިން ކުރި ކަމަކީ އެ ރަށްތަކުގެ އަސްލު ދިވެހި ނަންތައް ބަދަލުކުރުމެވެ. މިއީ ޗާގޯސްގެ މައްޗަށް ރާއްޖޭގެ ހައްގުތަކެއް އޮތްކަން ބައިނަލްއަގުވާމީ ސިޔާސީ ބޭފުޅަކު މިހާ ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވި ފުރަތަމަ ފަހަރެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ލޭބާ ސަރުކާރުން ވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ. ނަމަވެސް، މި އެއްބަސްވުމާ ދެކޮޅަށް އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީއާއި ރިފޯމް ޕާޓީން އަންނަނީ ބޮޑުވަޒީރު ކިއެ ސްޓާމާގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.

ފަރާޖު ވަނީ ހައުސް އޮފް ކޮމަންސްގައި ވާހަކަ ދައްކަވަމުން، ރާއްޖެއިން އައިސީޖޭއަށް މައްސަލަ ހުށަހަޅަން އުޅޭތީ އެ އެއްބަސްވުމަށް އަމަލުކުރުން މަޑުޖައްސާލުމަށް ގޮވާލައްވާފައެވެ.

ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުން އިންޑިއާ ކަނޑުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ ބިރު އޮތްކަން ފަރާޖު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ނިންމުމުގެ ސަބަބުން އިންޑިއާ ކަނޑުގައި ބާރު ގަދަ ކުރުމަށް ޗައިނާ އާއި އިންޑިއާ އާ ދެމެދު އޮތް ވާދަވެރިކަން އިތުރުވެ، ނުތަނަވަސްކަން އުފެދުމުގެ ފުރުސަތު ބޮޑެވެ. މިއީ މުޅި ސަރަހައްދުގެ ހަމަޖެހުމަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޗާގޯސްގެ މައްސަލައިގައި ރާއްޖެއިން އައިސީޖޭއަށް މައްސަލަ ހުށަހަޅާނެ ކަމަށް ފަރާޖު ވިދާޅުވި ނަމަވެސް، ދިވެހި ސަރުކާރުން މިހާތަނަށް މިކަމުގައި ރަސްމީ ވަކި ގޮތެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ސިޔާދަތީ ބާރާ ގުޅިފައިވާ މުހިންމު މައްސަލައަކަށް ވުމުން، ކުރިއަށް އޮތް ތަނުގައި މިކަމާ ގުޅޭ އިތުރު ނިންމުންތައް އަންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: