ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޝިއަން ޓެލެކޮމް އެވޯޑްސް 2026ގެ ”މޯލްޑިވްސް ބްރޮޑްބޭންޑް ޓެލެކޮމް ކޮމްޕެނީ އޮފް ދި ޔަރ“ އެވޯޑް ދިރާގަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ އޭޝިއަން ޓެލެކޮމް އެވޯޑްސްގެ ”މޯލްޑިވްސް ބްރޮޑްބޭންޑް ޓެލެކޮމް ކޮމްޕެނީ އޮފް ދި ޔަރ“ އެވޯޑު ދިރާގުން ހާސިލުކޮށްފިއެވެ.

އޭޝިއަން ޓެލެކޮމް އެވޯޑަސްއަކީ މި ސަރަހައްދުގެ މުވާސަލާތީ ސިނާއަތުގެ ކާބިޔާބީތައް ފާހަގަކޮށް، ޒަމާނީ ޑިޖިޓަލް މާހައުލެއް ބިނާކުރުމަށް ކުންފުނިތަކުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށް ދޭ އެވޯޑެކެވެ. މިގޮތުން، ދިރާގަށް މި ލިބުނު އެވޯޑަކީ ދިވެހިރާއްޖެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ، ހުރިހާ ގެއަކަށް، 100% ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަށް ފޯރުކޮށްދިނުމަށް ހޯދާފައިވާ ކާމިޔާބީގެ މައްޗަށެވެ.

’އޭޝިއަން ޓެލެކޮމް އެވޯޑްސް 2026 ގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑް ލިބުމަކީ ދިރާގަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. މިއީ، އެންމެ މަތީ ފެންވަރުގެ ޑިޖިޓަލް ހިދުމަތްތަކާއި ތަޖުރިބާތައް ފޯރުކޮށްދިނުމަށްޓަކައި އެބޭފުޅުން ކުރަމުންގެންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެއް އަދި ހިތްވަރެއް ކަމަށް ވެސް އެކުންފުނިން ވިދާޅުވިއެވެ.

އެގޮތުން މިއަދު ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ވެސް ހައި ސްޕީޑް އިންޓަރނެޓްގެ ދޮރު ވަނީ ހުޅުވިފައިކަމަށާއި، މިއީ ރާއްޖެއަށް ވެސް  ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް، އަދި ފަހުރުވެރި ކާމިޔާބީއެއް ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.

 މި ފުރުސަތުގައި އަޅުގަނޑުމެންގެ ހިދުމަތްތައް އިހްތިޔާރުކޮށް، ކުރައްވާ އިތުބާރަށް ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.“ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިސްމާޢީލް ރަޝީދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށާއި، ރިސޯޓުތަކުގެ އިތުރުން ސިނާއީ މަސައްކަތްކުރާ ރަށްރަށަށް 100 އިންސައްތަ 4ޖީ ހިދުމަތް ދިރާގުން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބިސީއަކަށް ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީފައިވާއިރު، ރާއްޖޭގެ އާބާދީގެ 73 އިންސައްތައަށް މިހާރު ދިރާގުގެ 5ޖީ ހިދުމަތް ލިބެމުންދެއެވެ.

ދާދި ފަހުން ދިރާގަށް ވަނީ އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ ’ފާސްޓެސްޓް 5ޖީ ނެޓްވޯކް’، ’ބެސްޓް 5ޖީ ނެޓްވޯކް‘ އަދި ’ބެސްޓް 5ޖީ ގޭމިންގ އެކްސްޕީރިއަންސް‘ އެވޯޑު Q1-Q2 2025 އަށް ވަނީ ލިބިފައެވެ.

ދިރާގުގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ގެނެސްދީ، ފާގަތި، ޑިޖިޓަލް މުސްތަގްބަލެއް ބިނާކުރުމަށް މަގުފަހިކޮށްދިން ކަމުގައި އެކުންފުނިން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: