ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެތައް މަޝްރޫއެއް ދަނީ ކުރިޔަށް، އިދިކޮޅު ކައުންސިލަކާއި ހުރެ ހުއްޓެން ބޭނުމެއް ނޫން: ނަރީޝް

ޔޫތު މިނިސްޓަރުގެ އެޑްވައިޒަރ އަދި މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝު، ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ފަށަލައެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭ ކައުންސިލްތަކުގެ ޒިންމާއަކީ، ސަރުކާރަށް ވާގިވެރިވުމުގެ އިތުރުން ސަރުކާރުން ހިންގާ ޕްރޮޖެކްޓުތަކަށް ދޫކުރަން ޖެހޭ ހުއްދަތައް ދޫކުރުން ފަދަ މަސައްކަތްތައް ކުރުންކަމަށް ޔޫތް މިނިސްޓްރީގެ އެޑްވައިޒަރ އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުކަން ވެސް ކުރައްވާފައިވާ، ނަރީޝް ވިދާޅުވީ ކައުންސިލްތަކުން ސަރުކާރުގެ މަސައްކަތްތަކަށް އެއްބާރުލުން ދީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި ކައުންސިލްތަކުގެ ޒިންމާ ބަޔާން ކުރާ ލާމަރުކަޒީ ގާނޫނާއި ގަވައިދުތަކުގައި އެއީ ސަރުކާރު ޖަވާބުދާރީ ކުރުވައި، ފާރަވެރިވާ ބައެއްކަމަށް ބުނެފައި ނޯންނާނެކަމަށް ނަަރީޝް ވިދާޅުވި އެވެ.

ނަރީޝް ވިދާޅުވީ ކައުންސިލްތައް ލިބިގެން ސަރުކާރު ޖަވާބުދާރީ ކުރުވާނެކަމަށް ބުނެ އެމްޑީޕީ ދައްކަމުން ދާ ވާހަކައިގައި އެއްވެސް އަސްލެއް ނެތް އިރު، މިއީ ވޯޓުގެ ބޭނުމުގައި ދައްކާ ހުއްޖަތެއް ކަމަށެވެ.

ސަރުކާރާއި ދެކޮޅު ކައުންސިލްތަކެއް އުފެދުމުން އޭގެ ގޯސް ނަތީޖާތަކެއް ނިކުންނާނެކަން ފާހަގަކުރައްވައި ނަރީޝް ވިދާޅުވީ، އިދިކީލަ ކައުންސިލްތަކުން އަބަދުވެސް މަސައްކަތް ކުރާނީ ޕްރޮޖެކްޓުތަކަށް ހުރަސްއަޅައި ތަރައްގީ ހުއްޓުވުމަށް ކަމަށެވެ. އަދި ކައުންސިލްގެ ރައީސްކަމުގެ ގޮނޑި އެކަނި ލިބި، އެހެން މެމްބަރުން އިދިކޮޅު ޕާޓީން އިންތިހާބުވެގެން ވެސް ނިކުންނާނެ ނަތީޖާއަކީ މިއީކަމަށް ނަރީޝް ވަނީ ވިދާޅުވެފަ އެވެ.

މިހެން ދިމާވާ ހާލަތެއްގައި އެ ރަށެއްގެ ކުރިމަގަށް ކަނޑައަޅާފައިވާ ހުރިހާކަމަކަށް ހުއްޓުމެއް އަންނާނެކަމަށް ނަރީޝް ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭގެ ގެއްލުން ލިބި، ހިތާމައާއި ކުރިމަތިލާން ޖެހޭނީ ރައްޔިތުން ކަމަށެވެ. ނަރީޝް ވިދާޅުވީ އެކި ދާއިރާތަކުން ގިނަ ޕްރޮޖެކްޓުތައް ކުރިޔަށްދާއިރު ރައްޔިތުން ބޭނުންވާ މި ތަރައްގީއަށް ހުއްޓުމެއް އައިސްގެން ނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: