ކީރިތި ޤުރުއާން މުޅިން ހިތުދަސްކުރި ޙާފިޡުންގެ އަގުވަޒަންކޮށް، އެ ފަރާތްތައް ދަސްވެނިވުމަށް ބޭއްވި ތާރީޚީ ފުރަތަމަ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ޚާއްޞަ ޙަފްލާގައި ޙާފިޡުންނަށް ސަނަދުތައް ބައްސަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ޙަފްލާއަކީ ކީރިތި ޤުރުއާނުގެ މަތިވެރިކަން އާލާކުރުމަށާއި، ޤުރުއާން ހިތުދަސްކުރުމަށް ޝައުޤުވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި 1447 ވަނަ އަހަރުން ފެށިގެން ބޭއްވުމަށް ކަނޑައެޅިފައިވާ ރަސްމިއްޔާތެކެވެ. ރޭގެ މި ރަސްމިއްޔާތުގައި ޖުމްލަ 50 ޙާފިޡަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑައްޔާއި އިނާމު ވަނީ އަރުވާފައެވެ.
މިއީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޙާފިޡުން ދަސްވެނިވި ފަހަރުކަން ފާހަގަކުރެވެއެވެ. އެގޮތުން މިރޭގެ ޙަފްލާގައި 31 ޙާފިޡުން ދަސްވެނިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 19 ފިރިހެން ބޭފުޅުންނާއި 12 އަންހެން ބޭފުޅުންނެވެ.

