ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެލާއި ކާބޯތަކެތި ލިބުމުގައި އެއްވެސް މައްސަލައެއް އަދި ދިމާވެފައި ނުވޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ | ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މެދުއިރުމަތީގައި މިވަގުތު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ތެލާއި ކާބޯތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ނުވަތަ މައްސަލައެއް މިހާތަނަށް ދިމާވެފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކޮށްފާނެ އަސަރުތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ މެދުއިރުމަތީގައި ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން ސަރުކާރުން އެކަމަށް ތައްޔާރުވުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އެގޮތުން، ކަމާ ގުޅޭ ހުރިހާ ދާއިރާތަކެއް ހިމެނޭ ގޮތަށް ވަޒީރުންގެ ހާއްސަ ކޮމިޓީއެއް އުފައްދަވައި، ހާލަތު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހާއްސަކޮށް އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ހާލަތު ބަލަމުންދާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

އިގްތިސޯދީ ގޮތުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދަށާއި ފަތުރުވެރިކަމަށް މިކަމުގެ ސަބަބުން ކުރާނެ އަސަރުތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. މީގެ އިތުރުން، މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބޭނުން ނުކޮށް ފަތުރުވެރިންނަށް ދަތުރުކުރެވޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

”ތެލުގެ ކަންކަން ބައްލަވާފައިވާ ކަމަށާއި، ކާބޯތެކިވެސް ލިބޭނެ ކަން ކަށަވަރު ކުރައްވާފައިވާ ކަމަށެވެ. އެކަންކަމަށް އެއްވެސް މައްސަލައެއް ދިމާ ނުވާނެ،“ ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖެއަށް މުދާ އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިނުވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ހާރިޖީ ގުޅުންތަކުގެ ތެރެއިން މި މައްސަލައަށް ހައްލު ހޯއްދެވުމަށްޓަކައި މެދުއިރުމަތީގެ ގައުމުތަކުގެ އިސްވެރިންނާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ޔޫއޭއީ، ސައުދީ އަރަބިއްޔާ، ގަތަރު، ބަހްރައިން އަދި އޮމާން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: