ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުކޫކަށް ދައްކަން ޖެހޭ ފައިސާ މިވަގުތު ދައްކަން ޖެހުނަސް ދެއްކޭ ވަރަށް ފައިސާ އެބަހުރި؛: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ނުވަތަ މިހާރު ސުކޫކު ދައްކަން ޖެހުނަސް އެ ފައިސާ ދެއްކޭނެ ފަދަ މާލީ ގާބިލުކަން ދައުލަތުގައި އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގެ އިގްތިސޯދީ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކަން ޖެހެނީ މިއަހަރުގެ އޭޕްރިލް މަހުގެ 8 ގައި ކަމަށާއި، ސުކޫކު ދެއްކުމަށްޓަކައި 650 މިލިޔަން ޑޮލަރަށްވުރެ ގިނަ ފައިސާ ރައްކާކޮށްފައި އެބަހުރިކަމަށެވެ. އަދި ރާއްޖޭގެ ގްރޮސް ރިޒާވްގައި 1.27 ބިލިޔަން އެމެރިކާ ޑޮލަރު އެބަހުރި، ކަމަށާއި މިއީ ރާއްޖޭގެ ތާރީޚުގައި ދުވަހަކުވެސް ގްރޮސް ރިޒާވް މައްޗަށް ނުދާ މިންވަރެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ބޭރުގެ ދަރަނިތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޭރުގެ ދަރަނި ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

 ”މިއަދު ދަރަނި ދައްކަން ޖެހުނަސް ދެއްކޭ ވަރަށް ފައިސާ އެބަހުރި،“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރުވެސް ކުދި އަދަދުތަކުން ދަރަނިތައް ދައްކަމުންދާ ކަމަށާއި، އޭގެ ތެރޭގައި އެތެރޭގެ ދަރަނިތައްވެސް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދައުލަތުގެ މާލީ ހާލަތު ތަފްސީލުކޮށްދެއްވަމުން ރައީސް ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި އެކަނިވެސް 200 މިލިއަން ޑޮލަރު ދަރަނީގެ ގޮތުގައި ދައްކާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އިގްތިސޯދީ ހާލަތު މިއަށްވުރެ ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: