މާލޭގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ އިމާރާތް އެއްކޮށް އަނދައި ބޭނުންނުކުރެވޭ ވަރު ވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މއ. ސީޓީވިލާގައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ ރޭ ދަންވަރު 3:06 ހާއިރުއެވެ. އަލިފާން ރޯވުމުގެ ސަބަބުން އެ ގޭގެ އެތެރެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، އެއްވެސް އިންސާނަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާކަން ފާހަގަކުރެވެއެވެ.
ސިފައިންގެ ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވިފައިވަނީ ފަތިހު 4:12 ހާއިރުއެވެ.

