ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެދުއިރުމަތީގެ ހަނގުރާމައިގައި 3 ގައުމުން ކުރާ ހަނގުރާމައާއިވެސް ދެކޮޅު: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

މެދުއިރުމަތީގެ ތިން ގައުމެއްގެ މެދުގައި ހިނގަމުންދާ ހަނގުރާމަވެރި އަމަލުތަކާ ދިވެހި ސަރުކާރުން ދެކޮޅުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މިކަމުގައި ރާއްޖެއިން ގެންގުޅޭ ނިންމުންތައް ސާފުކޮށްދެއްވާފައެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި މެދުއިރުމަތީގެ ހާލަތާ ގުޅޭގޮތުން ސަރުކާރުން ނެރެފައިވާ ރަސްމީ ބަޔާނުގައި ރާއްޖޭގެ ދެކޮޅުވެރިކަން ވަނީ ވަރަށް ބޮޑަށް ހާމަކޮށްފައެވެ. އަދި އެ ސަރަހައްދުގެ މަސްރަހު ބަދަލުވަމުންދާ ގޮތް ސަރުކާރުން ވަރަށް ގާތުން އަންނަނީ މޮނިޓަރ ކުރަމުން ކަމަށާއި، އެންމެ ގިނަ ބަޔާންތައްވެސް ނެރެފައިވަނީ މި މައްސަލައާ ގުޅިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތު ސާފުކޮށްދެއްވަމުން ރައީސް ވިދާޅުވީ، އީރާނުން ހަމަލާދެމުންދާ ގައުމުތަކާވެސް މުއާމަލާތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، އީރާނުގެ ރޫހީ ލީޑަރު އަވަހާރަވުމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ކޮންމެ މުސްލިމް ގައުމެއްގެ ވެރިއަކު ވަކިވެދިޔަ ނަމަވެސް އެއީ ލިބޭ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.

މެދުއިރުމަތީގެ މައްސަލަތަކުގައި ރާއްޖެއިން އަބަދުވެސް އަމަލުކުރާނީ ބައިނަލްއަގުވާމީ އުސޫލުތަކާއި ހަމަތަކުގެ މަތިން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޔަގީންކޮށްދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: