ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ތާށިވެފައިވާ ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކޮށްފި

މިނިސްޓަރ ތޯރިގް ފަތުރުވެރިންނާއި ބައްދަލުކުރެއްވުން -- ފޮޓޯ| މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އީރާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ފްލައިޓުތައް ކެންސަލްވެ، ރާއްޖޭގައި ތާށިވެފައިވާ ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކޮށްދިނުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ދަތުރުފަތުރު ކުރުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ’އެކްސް‘ ގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، 28 ފެބުރުއަރީ 2026 ގައި މެދުއިރުމަތީގައި ފެށުނު ހަމަނުޖެހުންތަކާ ގުޅިގެން ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއިން ފުރަން ހަމަޖެހިފައިވާ ގިނަ ފްލައިޓުތަކެއް ކެންސަލްވުމާ ގުޅިގެން، މިވަގުތު ރާއްޖޭގައި ތިބި ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިމިގްރޭޝަނުން ފާހަގަކޮށްފައިވާ ގޮތުގައި، މި ލުއި ދިނުމަށް ނިންމީ ޓޫރިސްޓް ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން އެ ފަރާތްތަކަށް ފުރޭނެ އެއްވެސް އިންތިޒާމެއް ހަމަޖެހިފައި ނެތުމުންނެވެ. މިއީ މިފަދަ ދަނޑިވަޅެއްގައި ފަތުރުވެރިންނަށް ދިމާވެދާނެ ގާނޫނީ އުނދަގޫތަކުން ސަލާމަތްކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ.

މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އީރާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ގަލްފު ސަރަހައްދުގެ ގިނަ އެއާޕޯޓުތަކެއް މިހާރު ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން އެ ސަރަހައްދުގެ ވައިގެ ސަރަހައްދުން ދަތުރުފަތުރު ކުރުން ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

މި ހާލަތާ ގުޅިގެން ރާއްޖޭގައި ތިބި ފަތުރުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ މަސްރަހަށް އަންނަ ބަދަލުތައް ބަލަމުންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: