ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގަށް މޮބައިލް ވޯލްޑް ކޮންގްރެސްގައި އޫކްލާގެ 3 އެވޯޑެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ ’ފާސްޓެސްޓް 5ޖީ ނެޓްވޯކް’، ’ބެސްޓް 5ޖީ ނެޓްވޯކް‘ އަދި ’ބެސްޓް 5ޖީ ގޭމިންގ އެކްސްޕީރިއަންސް‘ އެވޯޑު Q1-Q2 2025 އަށް ދިރާގަށް ލިބިއްޖެއެވެ.

މި އެވޯޑުތައް ދިރާގާ ހަވާލުކޮށްފައިވަނީ ބާސެލޯނާ، ސްޕެއިންގައި ބޭއްވި، ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާގެެ ދުނިޔޭގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ މޮބައިލް ވޯލްޑް ކޮންގްރެސްގައެވެ.

ދިރާގުން މި ހޯދި ކާމިޔާބީއިން ދައްކުވައިދެނީ ދިރާގުގެ ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދިނުމަށް އަދި ޑިޖިޓަލް ރާއްޖެ ބިނާކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާކަމަށް އެކުންފުނިން ފާހަގަކުރެއެވެ.

މި ގޮތުން، 2019 އަހަރު، ދިރާގަކީ ސައުތު އޭޝިއާ އަދި، ރާއްޖޭގައި 5ޖީ ހިދުމަތް ތައާރަފްކުރި ފުރަތަމަ ސަރވިސް ޕްރޮވައިޑަރއެވެ. މިހާރު ދިރާގުން ވަނީ ރާއްޖޭގެ އާބާދީގެ 73% އަށް ދިރާގުގެ ހަލުއި 5ޖީ ނެޓްވޯކް ފޯރުކޮށްދީފައެވެ.

ދިރާގުން ވަނީ އޫކްލާއިން ދޭ ’މޯލްޑިވްސް ފާސްޓަސްޓް މޯބައިލް ނެޓްވޯކް‘ ވިދިވިދިގެން ތިން އަހަރު ހޯދައި އަދި ’ފާސްޓަސްޓް 5ޖީ ނެޓްވޯކް‘ ދެ އަހަރު ހޯދައި ރާއްޖޭގެ އެންމެ ހަލުއި ނެޓްވޯކްގެ ގޮތުގައި ވެގެން ގޮސްފައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މުއާސަލާތީ ހިދުމަތްތަކާއި ޑިޖިޓަލް ސޮލިއުޝަންސް ފޯރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ ކުރީގައި އޮތް ކުންފުނި ކަމުގައިވާ ދިރާގުން ދަނީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެއް ހަމައެއްގައި ތިބުމަށް ކަސްޓަމަރުން ބާރުވެރިކުރުމަށް އެންމެ ފަހުގެ ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދެމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: