ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ.

މި ބަދަލާއެކު އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ.

އެސްޓީއޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 16.01 ރުފިޔާ އަށެވެ. މިއީ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުންދިޔަ 13.50 ރުފިޔާއާ އަޅާބަލާއިރު 2.51 ރުފިޔާގެ އިތުރުވުމެކެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު ވަނީ 13.92 ރުފިޔާއިން 17.54 ރުފިޔާ އަށް ބޮޑުކޮށްފައެވެ. މިއީ ޑީސަލް ލީޓަރަކުން 3.62 ރުފިޔާގެ ބޮޑުވުމެކެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާ ބޮޑަށް އުފުލިގެން ގޮސްފައިވަނީ މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެންނެވެ. މި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މައި މަގަކަށްވާ އީރާންގެ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަކީ އަގުތައް އުފުލެން ދިމާވި މައިގަނޑު ސަބަބު ކަމަށް އެސްޓީއޯއިން ފާހަގަކުރެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގައި ތެޔޮ ވިއްކާ އަގުތަކަށް އެސްޓީއޯއިން ދޭތެރެ ދޭތެރެއިން ބަދަލު ގެނެއެވެ. ނަމަވެސް މިފަހަރު ގެނައި ބަދަލަކީ ފަހުގެ ތާރީޚެއްގައި ތެލުގެ އަގަށް ގެނައި އެންމެ ބޮޑު އެއް ބަދަލެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: