ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ތާށިވި މީހުން ގެންދަން އެމިރޭޓްސްގެ ފްލައިޓްތައް ރާއްޖެ އަންނަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަވެރި ހާލަތާ ގުޅިގެން އެ ސަރަހައްދުގެ އެއާޕޯޓުތައް ބަންދުކުރުމުން ރާއްޖެއިން ބޭރަށް ނުދެވިފައި ތިބި ފަސިންޖަރުން ގެންދިއުމަށް އެމިރޭޓްސްގެ ދަތުރުތައް އަލުން ފަށައިފިއެވެ.

ރައީސް އޮފީހުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މައުލޫމާތު ދެއްވި ގޮތުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާށިވެފައި ތިބި މީހުން ބަލާ އެމިރޭޓްސްގެ ފްލައިޓެއް އަންގާރަ ދުވަހުގެ ރޭ ވަނީ އައިސްފައެވެ. އަދި ބުދަ ދުވަހުގެ ރޭ ވެސް އެ އެއާލައިންގެ އިތުރު ބޯޓެއް އައުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެމިރޭޓްސް އަކީ ރާއްޖެއާއި ދުބާއީއާ ދެމެދު އެންމެ ފުޅާދާއިރާއެއްގައި ދަތުރުތައް ބާއްވާ އެއް އެއާލައިނެވެ.

މިނިސްޓަރު އަމީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޔޫއޭއީގެ ދުބާއީ އަދި ޝާރްޖާ އެއާޕޯޓުގެ އޮޕަރޭޝަންތައް މިހާރު ވަނީ ވަކި ހާއްސަ އުސޫލެއްގެ ދަށުން ރާއްޖެ ހިމެނޭހެން ކުރިއަށް ގެންދަން ފަށާފައެވެ. ނަމަވެސް، ރާއްޖެއަށް ގިނަ އަދަދަކަށް ސީދާ ދަތުރުތައް ބާއްވާ ގަތަރުގެ ދޯހާ އިންޓަނޭޝަނަލް އެއާޕޯޓު އަދިވެސް އޮތީ ބަންދުކޮށްފައެވެ. މީގެ އިތުރުން، އޮމާންގެ މަސްކެޓް އެއާޕޯޓުން ވެސް ހާއްސަ ދަތުރުތަކަކާއެކު ބައެއް ޝެޑިއުލްތައް މިހާރު ވަނީ ފަށާފައެވެ.

މި ހަމަނުޖެހުންތައް އުފެދުނީ މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އެ ހަމަލާތަކުގައި އީރާނުގެ ރޫހީ މާލިމީ އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަވުމާ ގުޅިގެން، އީރާނުން ވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ރައްދު ހަމަލާ ދީފައެވެ.

މި ހަނގުރާމަވެރި ހާލަތުގެ ސަބަބުން ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކުރުމާ ގުޅިގެން، ރާއްޖެއަށް ދަތުރުކުރާ ގިނަ އެއާލައިންތަކެއްގެ ފްލައިޓްތައް ކެންސަލްވެ، ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ފުރޭނެ ގޮތެއް ނެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަޑުކުރަން ޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: