ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒެންޑޭޔާ އާއި ޓޮމް ހޮލަންޑް ސިއްރުން ކައިވެނި ކުރީތަ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ހޮލީވުޑްގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ ޒެންޑޭޔާ އާއި ޓޮމް ހޮލަންޑަކީ މިއަދު މުޅި މުނިފޫހިފިލުވުމުގެ ދާއިރާގައި އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައިގެ މަރުކަޒެވެ. ގިނަ އަހަރުތަކެއް ވަންދެން ފޭނުން އެމީހުންގެ ގުޅުމާ މެދު ތަފާތު ޚިޔާލުތައް ފާޅުކުރަމުން ދިޔަ ނަމަވެސް، މިހާރު އިވެމުންދާ ސިއްރުވެރި ވާހަކައަކާއެކު ދުނިޔެ ސުވާލު އުފައްދަމުންދަނީ އެއީ އެމީހުން ސިއްރުން ކައިވެނިކޮށްފި ހެއްޔެވެ؟

މި އަޑުތައް އެންމެ ގަދަވެގެން ދިޔައީ 2026 ވަނަ އަހަރުގެ ’ސްކްރީން އެކްޓާސް ގިލްޑް‘ (SAG) އެވޯޑްސްގެ ރެޑް ކާޕެޓްގައެވެ.

ޒެންޑޭޔާގެ މަޝްހޫރު ސެލެބްރިޓީ ސްޓައިލިސްޓް ލޯ ރޯޗް ރެޑް ކާޕެޓްގައި ދެއްކި ވާހަކައެއްގައި ވަނީ ކައިވެނި ކުރި ކަމުގެ އިޝާރާތެއް ދީފައެވެ. ޒެންޑޭޔާއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ވަނީ

 ”ޒެންޑޭޔާ އާއި ޓޮމް ހޮލަންޑް ކައިވެނިކޮއްފިކަމަށާއި ނަމަވެސް މީހުންނަށް އަދި ފާހަގަނުވާކަމަށް“ ބުނެފައެވެ.

މި ބަސްތައް ސޯޝަލް މީޑިއާގައި ވަރަށް އަވަހަށް ފެތުރިގެން ދިޔައިރު، ފޭނުން ދަނީ މި ދެ ތަރިން އެންމެ ފަހުން އާންމުންގެ ތެރެއަށް ނުކުތްއިރު ފެނުނު ހުރިހާ މަންޒަރެއް ވަރަށް ފަރުވާތެރިކަމާއެކު ބަލަމުންނެވެ.

މި އަޑުތަކަށް އިތުރު ބާރެއް ލިބިގެން ދިޔައީ، ޒެންޑޭޔާގެ ވައަތުގެ ކައިވެނި ރަމްޒުކޮއްދޭ އިނގިލީގައި އަނގޮޓިއެއް އަޅައިގެން ހުރިކަން ފޭނުންނަށް ފާހަގަކުރެވުމުންނެވެ. މި ދެ ތަރިންނަކީ އަބަދުވެސް އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ސިއްރުކޮށްގެން އުޅޭ ބަޔަކަށް ވުމުން، މި ކުޑަކުޑަ ތަފްސީލުން ވެސް ކައިވެނީގެ ވާހަކަތައް އިތުރަށް ވަރުގަދަވެގެން ދިޔައެވެ.

ޒެންޑޭޔާ އާއި ޓޮމް ހޮލަންޑް ފުރަތަމަ ބައްދަލުވީ ’ސްޕައިޑަމޭން: ހޯމްކަމިން‘ ގެ ސެޓުންނެވެ. އަދި އެމީހުންގެ ގުޅުން ރަސްމީކޮށް ކަށަވަރުކޮށްދިނީ 2021 ވަނަ އަހަރުއެވެ. އެ ދުވަހުން ފެށިގެން އެމީހުން ވެފައިވަނީ ފޭނުންގެ އެންމެ ކަމުދާ ޖޯޑަށެވެ. ގިނަ ބަޔަކު އެމީހުންނަށް ލޯބިން ”ޓޮމްޑޭޔާ“ ގެ ނަމުން މުޚާތަބު ކުރެއެވެ. ފިލްމީ ސްކްރީނުން ފެންނަ އެމީހުންގެ ގުޅުމާއި، ހަގީގީ ދިރިއުޅުމުގެ ލޯބީގެ ވާހަކަތަކަކީ އަބަދުވެސް ސުރުޚީތަކަށް އަރާ ކަންކަމެވެ.

ސްޓައިލިސްޓްގެ ބަސްތަކާއި ތަފާތު އިޝާރާތްތައް ފެންނަން ހުރި ނަމަވެސް، ޒެންޑޭޔާ ނުވަތަ ޓޮމް ހޮލަންޑް ވެސް މިހާތަނަށް މިކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. މިހާރު ފެތުރެމުންދާ މި އަޑުތަކަކީ ހަގީގަތެއްތޯ ނުވަތަ ނޫންތޯ ޔަގީންކުރުމަށް މުޅި ދުނިޔެ މިވަގުތު ތިބީ ވަރަށް ކެތްމަދުވެފައެވެ. ނަމަވެސް އެއްކަމެއް ޔަގީނެވެ؛ ”ޓޮމްޑޭޔާ“ އަކީ އަދިވެސް ހޮލީވުޑްގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ލޯބިވެރިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: