ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭދަފުށި އެމްއެންޔޫ ކެމްޕަހުގެ ބިންގާ އަޅައިފި

Image: MTCC via Facebook
ޝެއާރކޮށްލާ ކަހަލަދޯ؟

ބ. އޭދަފުށީގައި އަޅާ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ކެމްޕަހުގެ ބިންގާ އަޅައިފިއެވެ.

އޭދަފުށީގައި ބުރާސްފަތި ދުވަހު އެމްއެންޔޫގެ އައު އިމާރާތުގެ ބިންގާ އަޅަން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ ޔުނިވާރސިޓީގެ ބިންގާ އަޅުއްވައިދީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި މަތީ ތައުލީމާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހްމަދެވެ.

720 ދުވަސްތެރޭ އެކަޑެމިކް، އިދާރީ، އަދި ރެސިޑެންޝަލް ފެސިލިޓީތަކެއް ހިމެނޭ ގޮތަށް މަލްޓި ބްލޮކް ޔުނިވަސިޓީ ކެމްޕަހެއް ފުރިހަމައަށް ޑިޒައިންކޮށް އިމާރަތްކުރުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫއުއަކީ 80.79 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެކެވެ.

އެމްއެންޔޫގެ ކެމްޕަހެއް އޭދަފުށީގައި ގާއިމުކުރެވިގެން ދިއުމަކީ ތައުލީމީ ދާއިރާއިން އޭދަފުއްޓަށާއި އަދި މުޅި ބ. އަތޮޅަށްވެސް ބޮޑެތި ލުއިފަސޭހަތަކަކާއި ގިނަ ފައިދާތަކެއް ލިބޭނެކަމަށް ގަބޫލްކުރާ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. މީގެ އިތުރުން އެ ރަށުގައިވާ 3000 މީހުންގެ އާބާދީއައް އެޅީގެންދާނެ މުހިންމު މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: