ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރިކައިގެ ރަސްމީ ޕޯޓަލްއެއް ގާއިމުކުރަނީ!

Image: The Presidents Office
ޝެއާރކޮށްލާ ކަހަލަދޯ؟

ތަރިކައިގެ ރަސްމީ ޕޯޓަލްއެއް ގާއިމުކުރުމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ތަރިކައިގެ ރަސްމީ ޕޯޓަލެއް މި މަހު ގާއިމުކުރުމަށް ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ ދިވެހި ގައުމިއްޔަތު ދިރުވާ އާލާކުރާ ދުވަހާއި ދިމާކޮށް ރާވާފައިވާ ކަންތައްތަކަށް ތައްޔާރީތައް ވަމުންދާ ކަމަށެވެ.

މިގޮތުން ”އެކުވެރިކަމުގެ ފިނިބުރު“ އެއް މާލެ ވަށާ ބޭއްވުމަށް ތައްޔާރުވަމުންދާކަމަށާއި ގިނަ މުވައްސަސާތަކުން މި ހަރަކާތުގައި ބައިވެރިވާނެކަން ހާމަކުރައްވަމުން ވަޒީރު ވަނީ އެ ފިނިބުރަށް ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

މީގެއިތުރަށް ވަޒީރު ވިދާޅުވީ މި ހިނގާ މާޗު މަހުގެ ފަހުކޮޅު ޅެން ހަދަން ދަސްކޮށްދިނުގެ ކޯހެއް ބާއްވަން ނިންމާފައިވާކަމަށެވެ. އަދި މީގެ އިތުރުން ތަރިކައާއި ބެހޭ ރަސްމީ ޕޯޓަލްއެއް ހުޅުވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެެވެ.

އަންނަ އޮތް އޭޕްރީލް މަހުގެ 5 ވަނަ ދުވަހު ތަރިކައިގެ ދާއިރާގެ ވަރަށް މުހިންމު ބައިނަލްއަގުވާމީ ކޮންފަރެންސެއް އެ ވުޒާރާއިން ހިންގާ ރާއްޖޭގައި ބާއްވާނެކަމަށް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: