ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންޑާރަ މިސްކިތާއި ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އަޅަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ބަންޑާރަ މިސްކިތާއި، ޒިކުރާ މިސްކިތް ހުރި ބިމުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށް ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް މިކަން ހާމަކުރެއްވީ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައެވެ. މިގޮތުން ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތް ރޯދަމަސް ފަހުން ފެށިގެންދާނެ ކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މާލޭގެ މަޖީދީ މަގުގައި ގިނަ ދުވަސްތަކެއްވަންދެން ވަގުތީ މިސްކިތެއްގެ ގޮތުގައި ހުރި ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށްޓަކައި ބޭނުންވާ އެހީ މިހާރު ހަމަޖެހިފައި ވާކަމަށެވެ.

އަދި ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށް މި ރަމަޟާން މަހުގެ 27 ވިލޭރޭ ބިންގާ އަޅާނެކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. އެހެންނަމަވެސް މިސްކިތް ތަޅާލައި އަމަލީ މަސައްކަތް ފަށާނީ ރަމަޟާން މަސް ނިމުމުންކަމަށް ޝަހީމް ވިދާޅުވިއެވެ. މިއާއެކު މާލެ ގެ ބޮޑެތި ހުރިހައި މިސްކިތެެއް އާވެގެން ދިޔައީ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރުގެ ރަމަޟާން މަހުގެ މިހާތަނަށް 15 މިސްކިތް ހުޅުވާފައިވެއެވެ. ރޯދަމަސް ނިމޭއިރު ހުޅުވޭ މިސްކިތްތަކުގެ އަދަދު 20އަށް އަރާނެކަަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެފަވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: