ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން އިންތިހާބު އެއްކުރުމަށް ތާއީދު ކުރުމަށް ފަހު، އެމްޑީޕީގެ ރާގު ވަނީ ބަދަލުވެފައި: ނައިބު ރައީސް

ނައިބުރައީސް ހުސެއިން މުހައްމަދު ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުން މިދިޔަ ދުވަސްތަކުގައި 3 އިންތިހާބުވެސް އެއްކުރަން ތާއިދު ކަމަށާއި، އެހެންނަމަވެސް މިހާރު އެފަރާތްތަކުގެ ރާގު ބަދަލުވެއްޖެ ކަމަށް ނައިބުރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެެ.

ކޮންގްރެސް ޕާޓީގެ ހދ. އަތޮޅުގެ މާލެ ޖަގަހަ އިފްތިތާހު ކުރުމުގެ ހަފްލާގައި ނައިބުރައީސް ވިދާޅުވީ އިދިކޮޅުން ވެރިކަމަށް އައިސް ބުނަމުން ދިޔައީ 3 އިންތިހާބުވެސް އެކީގައި ބާއްވަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން އެކަން ކުރަން އުޅުމުން އެއީ ނުދައްކާ ވާހަކައަކަށްވެފައިވާކަމަށް ނައިބު ރައީސް ވިދާޅުވެއްޖެ އެވެ.

ނައިބުރައީސްޔ ވިދާޅުވީ އެފަދަ ގޮތްގޮތަށް ވާހަކަދައްކަވާ ފަރާތްތަކާއ މެދު ރައްޔިތުން ވިސްނަން ޖެހޭނެ ކަމަށެވެ. އެފަރާތްތައް ހޮވައިގެން ރަށްރަށަށް ބޭނުންވާ ތަރައްގީ ގެނެސް ދެވިދާނެތޯ މިއީ އުފައްދަން ރަނގަޅު ސުވާލެއް ކަމަށް ނައިބުރައިސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ކައުންސިލަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން ކަމަށެވެ. އެހެންނަމަވެސް ސަރުކާރުވެސް ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށާއި، އެކަން ކުރަންވާނީ ޒިންމާދާރު ގޮތުގައި ކަމަށް ނައިބުރައީސް ވިދާޅުވިއެވެ. އިދިކޮޅުން މަސައްކަތް ކުރައްވަނީ އެގޮތަށް ނޫން ކަމަށާއި، އަބަދުވެސް ފެންނަނީ ސަރުކާރުން ނަގާ ފިޔަވަޅުތަކަށް ޖެއްސުން ކުރާ މަންޒަރު ކަމަށެވެ.

ނައިބުރައީސް ވިދާޅުވީ ގައުމު ހަލަބޮލި ކުރުމާއި، ހަަމަނުޖެހުމުގެ ތެރެއަށް ގެންދިއުމަށް އިދިކޮޅުން މަސައްކަތް ކުރައްވާ ކަމަށާއި، މާދަން ވެސް ނިކުންނަނީ މުޒާހަރާއަށް ކަމަށެވެ. އިދިކޮޅުން ސިޔާސީ ހަރަކާތްތައް އެންމެ ޒިންމާދާރު ގޮތުގައި ކުރުމުގެ ބަދަލުގައި މަސައްކަތް ކުރަނީ އެކަމާއި މުޅިން އިދިކޮޅަށް ކަމަށް ނައިބުރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: