ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްޑީސީ އަދި އެޗްޑީސީ ގުޅިގެން މިއަދު ހަވީރު ”އަމާން ކޮމިއުނިޓީ ރޯއްދަވީއްލުން“ ބާއްވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ”އަމާން“ އުދަރެސް ފްލެޓުތަކުގެ އަހުލުވެރިންނަށް އަމާޒުކޮށްގެން، އެޗްޑީސީ އާއި އެފްޑީސީ ގުޅިގެން ބާއްވާ ޚާއްސަ އިޖުތިމާއީ ރޯދަވީއްލުމެއް މިއަދު ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކުޑަކުދިންނަށް ބައިވެރިވެވޭނެ ތަފާތު ކުޅިވަރުތަކާއެކު ކުރިއަށްދާ މި ހަރަކާތް އޮންނާނީ މިއަދު ހަވީރު 5:00 އިން ފެށިގެން 6:45 އާ ހަމައަށް، ހުޅުމާލޭ ފޭސް 2 ގެ ދުނބުރިގަސް މަގުގައެވެ. އެއީ އުދަރެސް ޓަވަރު 11 އަދި 13 އާ ދިމާވާ ސަރަހައްދެވެ.

މިދިޔަ އަހަރުވެސް އެޗްޑީސީން ވަނީ ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން ”އަވައްޓެރި ރޯދަ ވީއްލުން“ މި ނަމުގައި މިފަދަ ހަރަކާތްތަކެއް ހުޅުމާލޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންގޮސްފައެވެ.

މިއަހަރުގެ މި ސިލްސިލާގެ ފުރަތަމަ ރޯދަވީއްލުން މިއަދު ބާއްވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ހުޅުމާލޭގެ އެހެން ސަރަހައްދުތަކުގައިވެސް މިފަދަ އިތުރު ރޯދަވީއްލުންތައް ބޭއްވުމަށް އެޗްޑީސީން ވަނީ ރާވާފައެވެ.

އެޗްޑީސީ އާއި ނެއިބަހުޑް ޕޮލިސް އަދި އާންމު ރައްޔިތުން ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ، ދިވެހިންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމެވެ.

އެޗްޑީސީގެ އުއްމީދަކީ ކުރިމަގުގައިވެސް މިފަދަ އިޖުތިމާއީ ހަރަކާތްތައް މެދުވެރިކޮށް ހުޅުމާލޭގެ ރައްޔިތުންނާ އޮންނަ ގުޅުން ބަދަހިކޮށް، އެއީ އެކުވެރި އަދި ހިތްފަސޭހަ މާހައުލެއް އޮތް ރަށަކަށް ހެދުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: