ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އިންތިހާބު ވަކިން ބޭއްވުމަކީ ގައުމުގެ ހަމަޖެހުން ގެއްލޭ ކަމެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު :ފޮޓޯ ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު ވަކިވަކިން ބޭއްވުމަކީ ގައުމުގެ އަމާންކަމާއި ހަމަޖެހުމަށް ބުރޫއަރާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ވިދާޅުވެފަ އެވެ.

އައްޑޫ ސިޓީގެ ތަރައްގީއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ”ދަ ގްރޭޓާ އައްޑޫ“ ކެމްޕެއިން އިފުތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ދެ އިންތިހާބު އެއްކޮށްލުމަށް ނޫން ކަމަށާއި، ނަމަވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މިކަމާ ގުޅޭގޮތުން ހަގީގަތް އޮޅޭ ފަދަ ވާހަކަތައް ފަތުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި މަޖިލީހުގެ ދައުރު ކުރުކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން، އެ ބަދަލު ގެނައުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ސަރުކާރުން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

ދެ އިންތިހާބު އެއްކޮށް ބޭއްވުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އޭރުން ވޯޓުލާ މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ. ރިޔާސީ އިންތިހާބާ އަޅާބަލާއިރު މަޖިލިސް އިންތިހާބުގައި ވޯޓުލާ މީހުންގެ ނިސްބަތް 10 އާއި 12 ޕަސެންޓާ ދެމެދު ދަށްވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ޑިމޮކްރަސީއެއްގައި ރައްޔިތުންގެ މަންދޫބުން ހޮވުމަށް ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ގިނަ ރައްޔިތުން ވޯޓުލާ ދުވަހެއްގައި މަޖިލިސް އިންތިހާބު ބޭއްވުމުން، ހޮވޭ މެމްބަރުންނަކީ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތެއް ތަމްސީލުކުރާ ބަޔަކަށް ވާނެ އެވެ. އަދި އިންތިހާބުތައް ވަކިވަކިން ބޭއްވުމުން ގައުމުގެ ހަމަޖެހުމަށް ނޭދެވޭ އަސަރުކުރާ ކަމަށާއި، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ގައުމުގައި ސުލްހަވެރިކަން ދެމެހެއްޓުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: