ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރަން ޖެހޭ ހަރަދުތައް ވެސް މަދުވެގެންދާނީ ދެ އިންތިހާބު އެދުވަހެއްގައި ބާއްވައިގެން: ޖާބިރު

ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު ޖާބިރު:ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުން ކުރަން ޖެހޭ ހަރަދުތައް މަދުކުރުމަށާއި ގައުމަށް އެންމެ ފައިދާހުރި ގޮތަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ފަރާތުން ކުރިއަށްގެންދާ ”ދިވެހީންގެރާއްޖެ“ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޖާބިރު ވަނީ މި ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑު ލުޔެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.

ޖާބިރު ވިދާޅުވީ ރާއްޖެ ކަހަލަ ޖަޒީރާ ގައުމެއްގައި ލޮޖިސްޓިކްސް ކަންކަމަށް ބެލިކަމުގައި ވިޔަސް، އެއްރަށުން އަނެއްރަށަށް ކުރަން ޖެހޭ ދަތުރުފަތުރަށް ބޮޑު ހޭދައެއް ހިނގާ ކަމަށެވެ. އެހެންކަމުން ދެ އިންތިހާބު އެއްކޮށްލުމުން އެ ހަރަދުތައް ސަލާމަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އިންތިހާބުތަކަށްފަހު މަޖިލީހުގެ މެޖޯރިޓީ އޮންނާނެ ގޮތެއް ނޭނގި އޮންނަ އޮތުމުގެ ސަބަބުން ގައުމުގެ މަސައްކަތްތައް ހުއްޓިފައި އޮންނަ އޮތުމަށް ވެސް މިކަމުން ހައްލެއް ލިބޭނެ ކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ.

”ނިމިދިޔަ ރިޔާސީ އިންތިހާބުތަކަށް ބަލާ ނަމަވެސް އިންތިހާބު ނިމުމުން ދެން އުޅޭނީ މެޖޯރިޓީ ލިބޭނެ ބަޔަކު ނޭންގިގެން. މިކަމުގެ ސަބަބުން ދެން ކުރަން ހުރި ކަންކަން ކުރިއަށްނުދާ ކަމަށާއި މި ދިގު މުއްދަތުގައި ގައުމު އޮންނާނީ ހުއްޓިފައި،“ ޖާބިރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ފަސް އަހަރުގެ ދައުރެއްގެ ތެރެއިން ގާތްގަނޑަކަށް އެއް އަހަރު ދުވަސް މިފަދަ ކަންކަމުގައި ބޭކާރުވެގެންދާ ކަމަށެވެ.

ޖާބިރު ގަބޫލުކުރައްވާ ގޮތުގައި ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުން ގައުމަށް ސިޔާސީ އަދި އިގްތިސާދީ ހަމަޖެހުން ލިބިގެންދާނެއެވެ. އަދި މި ބަދަލުގެ ސަބަބުން މަޖިލީހަށް އާ ބޭފުޅުން އައުމަށް ފުރުސަތު ލިބި، ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަށް ކަންކަން މަގުފަހިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ވެސް އަމަލުކުރަމުންދަނީ މިފަދަ ނިޒާމަކަށް ކަން ފާހަގަކުރައްވަމުން ޖާބިރު ވިދާޅުވީ، މިކަމާ މެދު އިދިކޮޅު ފަރާތްތަކުގެ ހިޔާލު ތަފާތުވުންތަކެއް ހުރެދާނެ ކަމަށެވެ. ނަމަވެސް، ދިވެހި ރައްޔިތުން ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ވިސްނައި މިކަމަށް ތާއީދުކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެ ޖާބިރު ވަނީ ވާހަކަފުޅު ނިންމަވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: