ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކ. ހުރާ ސިއްޙީ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކާފު އަތޮޅު ހުރާ ސިއްޙީ މަރުކަޒުގެ އުމުރާނީ ވަސީލަތްތައް ތަރައްޤީކޮށް، އެތަނުގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ހިންގާ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިނިސްޓްރީ އޮފް ހެލްތުން ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތާއި އެމްޓީސީސީއާ ދެމެދު ރަސްމީކޮށް ސޮއިކޮށްފައިވަނީ 21 އޯގަސްޓް 2025 ގައެވެ. މި މަޝްރޫޢަކީ ޖީއެސްޓީ ނުހިމަނައި 25,220,104.07 (ފަންސަވީސް މިލިއަން، ދެލައްކަ ވިހިހާސް، އެއްސަތޭކަ ހަތަރު ރުފިޔާ، ހަތް ލާރި) އަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ހުރާ ސިއްޙީ މަރުކަޒުގެ އުމުރާނީ ފެންވަރު ރަނގަޅުކޮށް، އެ ރަށުގެ ރައްޔިތުންނަށް ދެވޭ ސިއްޙީ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމެވެ. އަދި މި މަސައްކަތުގެ ސަބަބުން އެ ރަށުގެ މުޖުތަމަޢަށް ބޭނުންވާ ސިއްޙީ ފަރުވާގެ ފެންވަރު މަތިވެ، ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ، ރާއްޖޭގެ ރަށްތަކުގައި ސިއްޙީ ޚިދުމަތް މަރުކަޒީ ނިޒާމަކުން ދުރަށްޖައްސައި، ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: