ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

1447 ޢީދު އުފާ: 12 ކުންފުންޏަކާއި މުއައްސަސާއަކުން ބައިވެރިވާނެ

ޝެއާރކޮށްލާ ކަހަލަދޯ؟

1447 ވަނަ އަހަރުގެ ފިތުރު ޢީދުގެ މުނާސަބަތުގައި ބާއްވާ ”ޢީދު އުފާ“ ހަވީރުގެ ހަރަކާތްތަކުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މުއައްސަސާތައް ހިމެނޭގޮތުން ޖުމްލަ 12 ފަރާތަކުން ބައިވެރިވާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.

ޢީދު އުފާއަކީ އާއިލީ ގުޅުން ބަދަހިކޮށް، އުފާވެރި މާހައުލެއްގައި ފިތުރު ޢީދު ފާހަގަކުރުމަށްޓަކައި ކުލަގަދަކޮށް އެމްއެންޑީއެފް އިން އިންތިޒާމްކުރާ ހަރަކާތެކެވެ. އެމްއެންޑީއެފް އިން މައުލޫމާތުދޭ ގޮތުގައި، މި ހަރަކާތްތައް ޢީދު ދުވަހުން ފެށިގެން ޖުމްލަ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ ލެފްޓިނަންޓް ކާނަލް މޫސާ ރަމީޒް ވިދާޅުވީ، މިއަހަރުގެ ޢީދު ހަރަކާތްތައް ކުރީ އަހަރުތަކާ އަޅާބަލާއިރު ތަފާތުވާނެ ކަމަށެވެ. ”މީގެކުރީގެ ޢީދުތަކުގައި ނުފެންނަ ފަދަ އައު ހަރަކާތްތަކެއް މިފަހަރު ފެނިގެންދާނެ،“ ކާނަލް ރަމީޒް ވިދާޅުވިއެވެ.

މި ހަރަކާތުގައި ދިވެހި ފުލުހުންގެ ހިދުމަތާއި ސިފައިންގެ އިތުރުން، ސަރުކާރު ހިއްސާވާ 10 ކުންފުންޏަކުން ބައިވެރިވާނެއެވެ. މިއީ ފިތުރު ޢީދުގެ އުފާވެރިކަން ރައްޔިތުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ ހަރަކާތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: