ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރާއި މެންބަރުން އެއް ވަގުތެއްގައި ކަނޑައެޅުން: ނުފޫޒުން އެއްކިބާވެފައިވާ އިންތިހާބަކަށް މަގުފަހިވާނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ހުށަހެޅުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާ ގޮތުގައި، މި ބަދަލަކީ ރާއްޖޭގެ އިންތިހާބީ ނިޒާމަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަކޮށް، ރައްޔިތުންގެ ނިންމުންތަކަކީ މިނިވަން އަދި އިންސާފުވެރި ނިންމުންތަކަކަށް ހެދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މިހާރު އޮންނަ ނިޒާމުގެ ދަށުން، ރިޔާސީ އިންތިހާބަށްފަހު މަޖިލިސް އިންތިހާބު ބާއްވަނީ ގާތްގަނޑަކަށް ހަތް މަސް ދުވަހުގެ މުއްދަތަކަށް ފަހުގައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، މިގޮތަށް އިންތިހާބުތައް ވަކިން ބޭއްވުމުން ސަރުކާރުގެ ބާރުވެރިކަން ބޭނުންކޮށްގެން މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ޖާގަ ބޮޑުވެގެންދެއެވެ. ނަމަވެސް، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، އެ ދުވަހު އުފެދޭނީ ކޮން ސަރުކާރެއްކަން ނޭނގޭތީ، ”ސަރުކާރުގެ ކެންޑިޑޭޓް“ ގެ ނަމުގައި ނުފޫޒު ފޯރުވުމުގެ ފުރުސަތު އެކީއެކަށް ބަންދުވެގެންދާނެއެވެ.

ހަމައެހެންމެ ރާއްޖޭގައި އަބަދުވެސް އޮންނަ ސިޔާސީ ހަލަބޮލިކަމަށް ހައްލެއް ހޯދުމަށްޓަކައި އިންތިހާބުތައް އެއްކޮށްލުމަކީ ބޭނުންތެރި ކަމެކެވެ. ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް އިންތިހާބެއް އޮތުމަކީ ގައުމުގެ އިގްތިސާދަށް ބުރަވެ، ތަރައްގީގެ މަސައްކަތްތަކަށް ހުރަސްއެޅޭ ކަމެކެވެ. ދެ އިންތިހާބު އެއްކޮށް ބޭއްވުމުން، ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހަރަދުތައް ބޮޑުތަނުން ކުޑަވެ، ސިޔާސީ ވާދަވެރިކަމުގެ ސަބަބުން އުފެދޭ އިޖުތިމާއީ ބައިބައިވުންތައް ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.

މި ބަދަލު ގެނައުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް މިހާރު ވަނީ މަޖިލީހުން ފާސްކޮށްފައެވެ. މި އިސްލާހުގައިވާ ގޮތުން މަޖިލީހުގެ އުމުރު ގުނަން ފަށާނީ ޑިސެމްބަރު އެކަކުން ފެށިގެންނެވެ. މިއީ ގާނޫނީ ގޮތުން އެއްވެސް ފުށުއެރުމެއް އޮތް ކަމެއް ނޫން ކަމަށް ސަރުކާރުން ބުނެއެވެ. އެހެންނަމަވެސް، މިއީ ގައުމީ ފެންވަރުގެ ބޮޑު ބަދަލަކަށްވާތީ، މިކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމާފައެވެ. މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އަންނަ އޭޕްރީލް މަހުގައެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން އިންތިހާބުތަކަށް ފޯރުވާ ނުފޫޒު ކުޑަވެ، ރައްޔިތުންގެ ހަގީގީ އިހުސާސްތައް ރަމްޒުކޮށްދޭ ސަރުކާރަކާއި މަޖިލީހެއް އުފެދުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: