ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާއާއި ބެހޭ ގާނޫންނަށް ގެނައި އިސްލާހަކީ މައިމީހާގެ ސިއްހަތު ކުރިއެރުވުމަށް އެހީތެރިވެދޭ ފިޔަވަޅެއް: ސާޖިދާ

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާއާއި ބެހޭ ގާނޫނަށް ގެނައި އިސްލާހަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ހޫނު މަރުހަބާއެއް ވިދާޅުވެއްޖެއެވެ. މެޑަމް ސާޖިދާ މިކަން ހާމަކުރެއްވީ މީސްމީޑިއާ މަންސަ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މެޑަމް ސާޖިދާ ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި މުވައްޒަފުންނަށް ކުޑަކުދިން ބަލަހައްޓާ ޗުއްޓީގެ މުއްދަތު އިތުރުކޮށްދީ، ދަރިފުޅުގެ އުމުރުން ދެ އަހަރު ފުރޭހާ ހިނދަކު އެ ފުރުސަތު ލިބިގެންދާތީ އެކަމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމަށެވެ. މިއީ މަސައްކަތްކުރާ މައިންނަށް ޕްރޮފެޝަނަލް އަދި އާއިލީ ޒިންމާތައް ބެލެންސްކުރުމުގައި އެހީތެރިވެދޭނެ މުހިންމު ފިޔަވަޅެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

”މި މުހިންމު ފިޔަވަޅަކީ މަސައްކަތްކުރާ މައިންނަށް ޕްރޮފެޝަނަލް އަދި އާއިލީ ޒިންމާތައް ބެލެންސްކުރުމުގައި އެހީތެރިވެދިނުމާއި، މައިމީހާގެ ސިއްހަތު ކުރިއެރުވުމާއި ގާތުން ކިރުދިނުން ކުރިއަށް ގެންދިއުމަށް މީ އެހީތެރިވެދޭ ފިޔަވަޅެކެވެ،“ މެޑަމް ސާޖިދާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން މި އިސްލާހު ފާސްކޮށްފައިވަނީ 8 މާރޗް 2026 ވީ އާދީއްތަ ދުވަހު ބޭއްވި މި އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާގައެވެ. މި އިސްލާހުގެ އަސާސީ މަޤްޞަދަކީ ވަޒީފާއިން ވަކިކުރުމުގެ އުސޫލުތައް ހަރުދަނާކޮށް، ރާއްޖެއިން ބޭރުގައި މަސައްކަތްކުރާ މީހުން ހޯދުމަށް ޤާނޫނީ ގޮތުން ލާޒިމުކުރާ ކޯޓާ ފީތައް މުރާޖަޢާކުރުމެވެ.

މި އިސްލާހުގެ ދަށުން ގެނެވުނު ބަދަލުތަކުގެ ތެރޭގައި ވިހެއުމުގެ ޗުއްޓީއިން އެނބުރި އަންނަ ތާރީހުން ފެށިގެން ކުއްޖާގެ އުމުރުން ދެ އަހަރު ފުރޭންދެން މުވައްޒަފުންނަށް ކުޑަކުދިން ބަލަހައްޓަން ޗުއްޓީ ދިނުން ހިމެނެއެވެ. މީގެ އިތުރުން ވަކި މައިކްރޯ، ސްމޯލް، އެންޑް މީޑިއަމް އެންޓަޕްރައިސަސް (އެމްއެސްއެމްއީ) ތަކަށް ކޯޓާ ފީ ދެއްކުމުން އިސްތިސްނާ ކުރުމުގެ ފުރުސަތު ދިނުމާއި، ބައިނަލްއަގްވާމީ ލޭބަރ ޑޭ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މި އިސްލާހަށް މިހާރު އަމަލުކުރަން ފަށާފައިވަނީ އެ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމާ ގުޅިގެންނެވެ. މިއީ ވަޒީފާދޭ ފަރާތްތަކާއި މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: