ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އއ. ފެރިދޫ ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

އއ. ފެރިދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ މަސައްކަތްތަކާ ގުޅޭގޮތުން އެމްޓީސީސީން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ފެރިދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ޓައި ބީމް ކޮންކްރީޓް ކުރުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ.

މިހާރު ކުރިއަށްދަނީ ތަނބުތަކުގެ ރިންގު އެޅުމާއި ޝަޓަރިންގ މަސައްކަތްތައް ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ރަށްރަށުގެ ސިއްހީ ޚިދުމަތްތައް ތަރައްޤީކޮށް، ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ މުހިންމު މަޝްރޫޢެކެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި މަސައްކަތް ނިމުމުން ފެރިދޫގެ ރައްޔިތުންނަށް އެ ރަށުން ލިބޭ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އެގޮތުން ސިއްހީ ދާއިރާގެ އުމްރާނީ ތަރައްޤީއަށް ކުރެވޭ މިފަދަ މަސައްކަތްތަކަކީ ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ކަށަވަރުކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓްތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: