ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުގެ ފިޠުރު ޢީދަކީ ހުކުރު ދުވަސް!

ޝެއާރކޮށްލާ ކަހަލަދޯ؟

މި ހިނގާ 1447 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހަކީ މި މަހުގެ 20 ވާ ހުކުރު ދުވަސް ކަމުގައި ލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކަނޑައަޅުއްވައިފިއެވެ.

މިކަން އިއުލާންކުރެވުނީ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނެރުއްވި ހަނދާ ބެހޭ ބަޔާނުގައެވެ.

ބަޔާނުގައި ވާގޮތުން، ރާއްޖޭގެ އެއްވެސް ރަށަކަށް ޝައްވާލުމަހުގެ ހަނދެއް ނުފެނެއެވެ. އަދި އިސްލާމީ އެއްވެސް ޤައުމަކަށް ވެސް  ޝައްވާލުމަހުގެ ހަނދު ނުފެންނަ ކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެހެންކަމުން މާރިޗު 20 ވާ ހުކުރު ދުވަހަކީ ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ އެއްވަނަ ދުވަސްކަމަށާއި އަދި އެދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަސްކަމުގައި ކަނޑައަޅުއްވާފައިވާކަމަށް ހަނދާބެހޭ ބެހޭގޮތުން އިއްވެވި ބަޔާނުގައި ވިދާޅުވިއެވެ.

އެހެން އަހަރުތަކުގައިވެސް ޢަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ހަނދު ބެލުމަށް ދިޔުމާއި، ހަނދު ފެނުނު ކަމަށް ހެކިބަސް ދިނުމުގެ ކަންކަން މިއަހަރުވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހަމަޖައްސާފައިވެއެވެ. އެގޮތުން ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް މާލޭގައިނަމަ، މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅުމަތީގައި އަދި އަތޮޅުތެރޭގެ ރަށެއްގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައި ހެކިބަސްދޭގޮތަށް އޮތީ ހަމަޖައްސާފައެވެ.

އިސްލާމީ އެހެން ގައުމުތަކެކޭ ވެސް އެއްފަދައިން ރާއްޖޭގައިވެސް ހަނދުބެލުމުގައި ބޮޑަށް ބުރަވަނީ އިތުބާރުހުރި ފަލަކީ ހިސާބަށެވެ. ސަބަބަކީ ޢަމަލީގޮތުން ހަނދުބަލާއިރު، އުދަރެހުގައި ވިލާގިނަނަމަ ހަނދު ހުއްޓަސް ހަނދު ފެނުމުގެ ފުރުސަތު ކުޑަވާތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: