ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެއި މަހަށް ތާވަލުކުރެވިފައިވާ އަރަބިއަން ޓްރެވަލް މާކެޓް އޮގަސްޓުމަހަށް ފަސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

 މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ރަސްމީކޮށް ފަސްކޮށްފައިވާކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެފި އެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއިން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ބައިވެރިންނަށާއި ކަމާގުޅޭ ފަރާތްތަކަށް އެކަން ރަސްމީކޮށް އަންގާފައެވެ. މި ހަރަކާތް ބޭއްވުމަށް ކުރިން ތާވަލު ކުރެވިފައި ވަނީ މެއި މަހު ކަމަށް ވިޔަސް މި ހަރަކާތް ދެން އޮންނާނީ އޮގަސްޓް 17 އިން 20 އަށެވެ. އަދި މި ހަރަކާތް އޮންނާނީ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައިކަމަށް ވެސް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

އޭޓީއެމްގެ 33 ވަނަ އެޑިޝަން ފަސްކުރުމަށް އިންތިޒާމުކުރާ ފަރާތްތަކުން ނިންމީ ކަސްޓަމަރުންނާއި، ޕާޓްނަރުން އަދި މުވައްޒަފުންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ ގޮތުންނެވެ. އޮގަސްޓް މަހަށް މި ހަރަކާތް ބަދަލުކުރުމުގެ މަޤްޞަދަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިތުރު އިތުބާރާއި ލުއިފަސޭހަކަމާއެކު މި މުހިންމު ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު މަގުފަހިކޮށްދިނުންކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެ އެވެ.

އެ ކޯޕަރޭޝަނުން ބުނީ މި ބަދަލާ ގުޅިގެން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ނިންމުމަށް އިވެންޓް އިންތިޒާމުކުރާ ފަރާތް ކަމަށްވާ ”އާރް.އެކްސް“ އާއެކު ސީދާ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ރާއްޖޭގެ ސްޓޭންޑުގައި ބައިވެރިވާ އެއްވެސް ކޯ-އެގްޒިބިޓަރަކަށް ދަތިކަމެއް ކުރިމަތިނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ވިޒިޓް މޯލްޑިވްސްއިން އަރުވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އަދި ރަޖިސްޓްރީވެފައިވާ ހުރިހާ ބައިވެރިންގެ ޖާގަތަކާއި، ބްރޭންޑިންގްގެ ކަންކަން އެއްވެސް އުނިކަމެއް ނެތި އޯގަސްޓް މަހުގެ އައު ތާރީޚުތަކަށް ބަދަލުކުރެވޭނެކަމަށް ވަނީ ބުނެފަ އެވެ.

އަރަބިއަން ޓްރެވަލް މާކެޓްގެ އެގްޒިބިޝަން ޑައިރެކްޓަރ އެމް. އީ ޑެނިއަލް ކާޓިސް ވިދާޅުވި ގޮތުގައި އަރަބިަން ޓްރެވެލް މާކެޓަކީ ދުނިޔާގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތައް ދުބާއީގައި އެއްތަން ކޮށްދޭ މުހިންމު މަންސައެއްކެވެ. އެގޮތުން އޭޓީއެމް 2026 އޮގަސްޓް މަހަށް ފަސްކުރުމަށް މި ނިންމި ނިންމުމަކީ މި މުހިންމު ހަރަކާތުގައި ހުރހާ ފަރާތަތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، އެބޭފުޅުން ނިންމި ނިންމުމެއްކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ މަންޒިލްތަކާއި، އެއާލައިންތަކާއި، އަދި ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތައް ގުޅުވައިދޭ މަރުކަޒެއްގެ ގޮތުގައި އޭޓީއެމް ހިމެނެނީ ރާއްޖޭގެ މާކެޓިންގ އިސްތިރާޖީ މުހިންމު ތަނބެއްގެ ގޮތުގައެވެ. ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ އޮގަސްޓް މަހުގެ މި ތާރީޚަކީ ފިނި މޫސުމުގެ ޕީކް ސީޒަނާ ދިމާކޮށް، މެދުއިރުމަތީގެ މާކެޓާއި ބައިނަލްއަގުވާމީ ޕާޓްނަރުންނާ ގުޅުން ބަދަހިކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއްކަމަށެވެ.

މި ބަދަލުތަކުގެ ތެރޭގައި ހުރިހާ ބައިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވިޒިޓް މޯލްޑިވްސްގެ ޓީމު ދެމިއޮންނާނެ ކަމަށާއި، ދުބާއީގައި ބޭއްވޭ މި ހަރަކާތަކީ ކާމިޔާބު ހަރަކާތަކަށް ހެދުމަށް ބޭނުންވާ އެންމެހައި މައުލޫމާތުތައް ހިއްސާކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވާކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: