ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ ހާދިސާގައި ހަތަރު ގެއަކުން 32 މީހަކު ވަގުތީ ހިޔަލަށް!

ޕްރައިމް ގުދަނުގައި އަލިފާން ރޯވުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ތޮއިބާ މިސްކިތް ކައިރި ހުރި ގުދަނެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތަރު ގެއަކުން 32 މީހަކު އިވެކުއޭޝަން ސެންޓަރަށް ވަގުތީ ގޮތުން ގެންގޮސްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

މި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގެ ހަތަރު ގެއަކުން 32 މީހަކު ވަނީ ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށްފައެވެ.

އެންޑީއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި، ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސޯޝަލް ސެންޓަރުގައި މިހާރު ވަނީ ވަގުތީ އިވެކުއޭޝަން ސެންޓަރެއް ގާއިމްކޮށްފައެވެ.

އަލިފާން ރޯވެފައި ވަނީ ރާއްޖެއަށް ގަސްކާނާ އާއި އެކި ބާވަތުގެ ކެމިކަލް އެތެރެކޮށް ވިއްކާ މައި ގުދަނެއްގައެވެ.

ޓިނާއި ދަގަނޑު ބޭނުންކޮށްގެން ހަދާފައިވާ މި ގުދަނުގައި ރޯވި ވަގުތު، އެ ސަރަހައްދުން ގޮވުމުގެ އަޑުތަކެއް ވެސް އިވިފައި ވެއެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ އޮފިސަރަ މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ބުދަ ދުވަހުގެ ރޭ 10:00 ހާއިރު ކަމަށެވެ. އަދި އެ ސަރަހައްދަށް ދިޔައިރު، ގުދަނުގައި ވަރަށް ބޮޑަށް ރޯވެފައިވާކަމަށް އޮފިސަރ ވިދާޅުވިއެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ދެ ފަޔަރ ވެހިކަލް ގެނެސް، ފޯމް ބޭނުންކޮށްގެން ވަނީ މަސައްކަތް ކޮށްފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: