ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭގެ އަލިފާނުގެ ހާދިސާއާ ގުޅިގެން 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

ފޮޓޯ: އެންޑީއެމްއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

މ. ޠައިބާ މިސްކިތް ކައިރީގައި ހުރި ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ޖުމްލަ 77 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެފިއެވެ.

އަލިފާނުގެ ހާދިސާއާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެކްސްގައި ކުރި ޕޯސްޓެއްގައި އެންޑީއެމްއޭއިން ބުނެފައިވަނީ، ރޭގެ 2:30 އާއި ހަމައަށް ޖުމްލަ 15 ގެއަކުން 454 މީހުން އިވަކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީ ކުރެވުނު ކަމަށެވެ. ‏މީގެ ތެރޭގައި 69 އަންހެނުންނާއި 385 ފިރިހެނުން ހިމެނޭއިރު 302 ބިދޭސީ މަސައްކަތްތެރިން ހިމެނޭ ކަމަށް އެންޑީއެމްއޭއިން ބުނެފިއެވެ. ‏މިއާއިއެކު އެ އޮތޯރިޓީން ބުނީ، ވަގުތީ ގޮތުން އެހީތެރިކަން ބޭނުންވާ 10 ގެއެއްގެ 77 މީހަކަށް އެ އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އަދި 280 ބިދޭސީއަކު އެމީހުންގެ ވެރިފަރާތުން ހަވާލުވެފައިވާއިރު، 20 ބިދޭސީއަކަށް ދިވެހި ރެޑްކްރެސެންޓުން އެހީތެރިކަން ފޯރުކޮށްދެއްވައިފައިވާކަމަށް އެއޮތޯރިޓީއިން މަޢުލާމާތުދެއެވެ.

މީގެ އިތުރުން، ބައެއް އާއިލާތަކުން ވަގުތީ ގޮތުން އާއިލީ ގޭގެއަށް ބަދަލުވެފައިވާކަމަށާއި އަލިފާނުގެ ހާދިސާއާ ގުޅިގެން ހުސްކުރަން ޖެހުނު 15 ގެވެސް ހުސްކުރަން ޖެހުނީ ބޯދުމުގެ ސަބަބުން ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

މި ހާދިސާގެ އަސަރުކޮށްގެން 7 ފަރާތަކަށް ހޮސްޕިޓަލުން ފަރުވާދެވުނުއިރު، މި ހުރިހާ ފަރާތެއްގެވެސް ހާލު ސްޓޭބަލްކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: