ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

1447ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަހައިފި!

ފޮޓޯ: ޒަކާތު ހައުސް
ޝެއާރކޮށްލާ ކަހަލަދޯ؟

1447ވަނަ އަހަރުގެ ރަމަޟާން މަހުގެ ފިޠުރު ޒަކާތް، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބަހައި ނިންމައިފިއެވެ. މިއަހަރު ޒަކާތް ލިބުމަށް ޝަރުޠު ހަމަވާ މީހުންނަށް ބޮލަކަށް ޖެހިފައިވަނީ 6,000 ދިވެހި ރުފިޔާއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން މައުލޫމާތު ދޭ ގޮތުގައި، މިއީ ރާއްޖޭގައި މިހައި ތަނަށް ހަމަހަމަކޮށް ފިޠުރު ޒަކާތް ބެހުމުގައި، ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފައިސާ ބެހި ފަހަރެވެ. ޒަކާތް ލިބުނު ފަރާތްތަކުގެ ތެރޭގައި، ޒަކާތް ޙައްޤުވާ ކެޓަގަރީތަކުގެ ދަށުން ހިމެނުނު 62 ފަޤީރު ޔަތީމު ކުދިން ވެސް ހިމެނޭ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ޖުމްލަ 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، މިއީ މިހާތަނަށް ފިޠުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވާ އަހަރެވެ. މީގެ ތެރެއިން ފަޤީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައަޅައިފައިވަނީ ޖުމްލަ 13,896,000 ދިވެހި ރުފިޔާއެވެ.

ޒަކާތް ބަލައިގަތުމުގެ މަސައްކަތް މިއަހަރު ކުރިއަށް ގެންގޮސްފައިވަނީ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެންނެވެ. އެގޮތުން ހަތް އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިއެވެ. އަދި އޮންލައިންކޮށް ޒަކާތް ދައްކަން އުނދަގޫ ފަރާތްތަކަށް ޚާއްޞަކޮށް، ރަށްރަށުގެ ކައުންސިލުތަކުން ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ ފައިސާ ޖަމާކުރުމަށް ޓަކައި ޚާއްޞަ އޮންލައިން ޕޯޓަލެއް ވެސް ވަނީ ތަޢާރުފުކޮށްފައެވެ.

މީގެ އިތުރުން މާލެ ސަރަޙައްދުގައި އިސްލާމީ މަރުކަޒުގެ ހޯލުގައި ނަގުދު ފައިސާއާއި ކޭޝް ކާޑު މެދުވެރިކޮށް ޒަކާތް ބަލައިގަނެފައިވެއެވެ. އަދި އާދައިގެ މަތިން ގޮވާމުން ވެސް ޒަކާތް ބަލައިގަތުމާއި ބެހުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޒަކާތު ހައުސްއިން ބުނީ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ދުވަހުން ދުވަހަށް މޮނިޓަރ ކުރެވި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ހަމަހަމަކަމާ އެކު ފައިސާ ބެހުމަށް ބޮޑު ފަސޭހައަކަށް ވެގެންދިޔަ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: