ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުއޮޅި ހުރަސްކުރުމުގެ ފުރުސަތު ޖަޕާނުގެ އުޅަނދުފަހަރަށް ދޭނަން: އީރާން

Image: Google
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްތިރާތީޖީ ގޮތުން މުހިންމު ހޯރްމޫޒް ކަނޑުއޮޅި ހުރަސްކުރުމުގެ ފުރުސަތު ޖަޕާނުގެ އުޅަނދުފަހަރަށް ދޭނެ ކަމަށް އީރާނުން ބުނެފިއެވެ. މިއީ މި ކަނޑުއޮޅި ވަކި ބަޔަކަށް ބަންދުކުރުމުގެ ސިޔާސަތެއް ތެހެރާނުން ގެންގުޅެން ފަށާފައިވާ ކަމުގެ ހެއްކެކެވެ.

ޖަޕާނުގެ ކިޔޯޑޯ ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ، އީރާނުން ކަނޑުއޮޅި ބަންދުނުކުރާ ކަމަށާއި، އެތަން ބަންދުކޮށްފައިވަނީ ހަމައެކަނި އީރާނުގެ ދުޝްމަނުންނާއި ހަމަލާދޭ ގައުމުތަކުގެ އުޅަނދުފަހަރަށް ކަމަށެވެ.

 ”އަޅުގަނޑުމެން ދެކޭގޮތުގައި ކަނޑުއޮޅި އޮތީ ހުޅުވާލެވިފައި. އެހެން ގައުމުތަކުގެ އުޅަނދުފަހަރަށް އެ ސަރަހައްދުން ދަތުރުކުރެވޭނެ،“ އަރަގްޗީ ވިދާޅުވިއެވެ.

އަރަގްޗީ އިތުރަށް ވިދާޅުވީ، ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގުތަކާ ބެހޭގޮތުން އެކި ގައުމުތަކާ ވާހަކަދައްކަމުންދާ ކަމަށާއި، ރައްކާތެރިކަން ކަށަވަރުކޮށްދޭން އީރާނުން އޮތީ ތައްޔާރަށް ކަމަށެވެ. އަދި އެކަން ކުރިއަށް ގެންދާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް އީރާނާ ގުޅުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ޖަޕާނަކީ އެ ގައުމުން ބޭނުންކުރާ ސާފުނުކުރާ ތެލުގެ 90 އިންސައްތައަށްވުރެ ބޮޑު ބައެއް މެދުއިރުމަތިން އެތެރެކުރާ ގައުމަކަށް ވުމުން، ހޯރްމޫޒް ކަނޑުއޮޅިއަށް އެ ގައުމުން ވަރަށް ބޮޑަށް ބަރޯސާވެއެވެ. ނަމަވެސް، ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ.

ފާއިތުވި ހަފުތާގައި އީރާނުން ވަނީ އެ ގައުމުގެ ބަހުރުވަ މަޑުކޮށް، ވަކި ގައުމުތަކަކަށް ފުރުސަތު ދޭން ފަށާފައެވެ. ޗައިނާ، އިންޑިއާ އަދި ޕާކިސްތާނުގެ އިތުރުން ޖަޕާންވެސް މި ލިސްޓުގައި ވަރަށް އަވަހަށް ހިމެނޭނެ ކަމަށް ބެލެވެއެވެ.

’ލޮއިޑްސް ލިސްޓް‘ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ އައްސޭރިފަށާ ކައިރިން މިހާރުވެސް ބައެއް އުޅަނދުފަހަރު ދަނީ ”ރައްކާތެރި ކޮރިޑޯއެއް“ މެދުވެރިކޮށް ދަތުރުކުރަމުންނެވެ.

މި ދަތުރުތައް ހުއްދަކުރުމުގައި އީރާނުގެ އައި.އާރް.ޖީ.ސީ އިން ދަނީ އުޅަނދުފަހަރު ބަލައި ފާސްކުރުމާއި ރަޖިސްޓްރީ ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރަމުންނެވެ. އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ތިން ހަފުތާ ވެފައިވާއިރު، މިއީ ބައިނަލްއަގުވާމީ ވިޔަފާރިއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: