ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރަނގު އާދަމް މަނިކުގެ ތާއިދު މޫސާ އަލީ ޖަލީލަށް!

ސަރަނގު އާދަމް މަނިކުގެ ތާއިދު މޫސާ އަލީ ޖާލީލަށް! --- ފޮޓޯ| ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީގެ ފުރަތަމަ މޭޔަރުކަން ކުރެއްވި ސަރަނގު އާދަމް މަނިކު، ޕީއެންސީގެ ޓިކެޓުގައި މާލެސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް ތާއިދު ކުރައްވައިފިއެވެ.

މިއަދު މީޑިއާތަކާ ބައްދަލުކުރައްވައި އާދަމް މަނިކު ވިދާޅުވީ، މޫސާ އަލީ ޖަލީލަކީ ސިފައިންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅަކަށް ވާތީ، އޭނާގެ ކިބައިގައި އަދަބުވެރިކަމާއި ސުލޫކު ހުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ވަކި އަމާޒެއް ދެއްކުމުން އެ އަމާޒަށް ވާސިލުވުމުގެ ގާބިލުކަން މޫސާ އަލީ ޖަލީލުގެ ކިބައިގައި ހުންނާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މޫސާ އަލީ ޖަލީލާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާދަމް މަނިކު އިތުރަށް ވިދާޅުވީ، އޭނާއާ ގުޅޭގޮތުން އެއްވެސް ކޮރަޕްޝަންގެ އަޑެއް އިވިފައި ނުވާ ކަމަށާއި، ޕާޓީގެ މެނިފެސްޓޯއާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދަވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި ވެރިކަން ކުރާ ޕާޓީގެ ކެންޑިޑޭޓަކަށް ވުމުން މާލެއަށް ބޭނުންވާ ތަރައްގީގެ ކަންކަން ފަސޭހަކަމާއެކު ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް އިތުބާރު ކުރައްވާކަން ހާމަކުރައްވަމުން އާދަމް މަނިކު ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސް މުއިއްޒު ގޯސްކޮށް ކަމެއް ކުރެއްވި ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. މިހާރު ގައުމަށް ދިމާވެފައިވާ އިގްތިސާދީ ދަތިތަކަކީ މި ސަރުކާރުން އުފެއްދި މައްސަލަތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

”މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސް މުއިއްޒަށް ގޯސްކޮށް ކަމެއް ކުރެވިފައިވާ ކަމަށް ގަބޫލެއް ނުކުރެވޭ. މިހާރު މި ދިމާވެފައިވާ މައްސަލަތަކަކީ ރަީސް މުއިއްޒު އުފައްދަވައިގެން އުޅޭ މައްސަލަތަކެއް ނޫން އިންގޭތޯ. މި ދަރަނިތަކާއި އަޅުގަނޑުމެންނަށް ހިނގައި ނުގަނެވޭފަދަ ބޮޑެތި ދަރަނިތަކަކީ އުފެއްދި އެއްޗެހިތޯ؟ ނޫނެއްނޫން ތޯ؟ އަޅުގަނޑުމެން ހަނދާންވެސް ބަލީ، ކޮވިޑުގެ އިރުގައި ލިބުނު ލާރިތަކަށް ވީގޮތްވެސް ނޭންގޭ. އޭގެ އަޑެއް ރައީސް މުއިއްޒުގެ އެރިތޯ“

އާދަމް މަނިކު ވިދާޅުވީ މިއަދު ކުރިމަރިވެފައިވާ ދަތިތަކަކީ އެހެން ފަރާތްތަކުން އުފައްދާފައިވާ ކަންކަން ކަމަށެވެ. ވެރިކަމަށް ހިންހަމަ ނުޖެހޭ ހިސާބަށް ނުދާ ކަމަށާއި އެހެން ވެރިކަން ތަކުގައި އުޅެންޖެހުނީ މަގުތަކުގައި ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ޞާލިޙްގެ ވެރިކަމުގައި މަގުމަތިތައް އަމާން ވިނަމަވެސް ޖީބު އަމާން ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: