ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫގައި ގާއިމު ކުރާ 50 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ތިނަދޫ ސިޓީގައި 50 ހައުސިންގ ޔުނިޓާއި މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ފަށައިފިއެވެ.

މިކަމާއި ގުޅޭ މައުލޫމާތު އާއްމުކޮށް ހައުސިންގ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ސިޓީގެ މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 50 މަގު (19.3 ކިލޯ މީޓަރު) ގައި ތާރު އެޅުމާއި، ފެން ހިންދާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ދާނެ އެވެ.

މި މަޝްރޫއު ނިންމުމަށް ކަނޑައަޅަފައިވާ މުއްދަތަކީ 3 އަހަރާއި 11 މަހެވެ.

މީގެ އިތުރަށް އެ ސިޓީގެ 50 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިޔާތުވެސް ވަނީ ބާއްވާފައެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ސްވިފްޓް އިންޖިއަރިންގ ޕްރައިވެޓް ލިމިޓެޑެވެ. މި މަޝްރޫގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ 50 ހައުސިން ޔުނިޓެވެ. މި މަޝްރޫއުތައް ފައްޓަވައިދެއްވީ ހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: