ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސާސީ ކާބޯތަކެތީގެ ސްޓޮކް އެއްވެސް ދަތިކަމެއް ނެތި ލިބެމުންދާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ | ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ސްޓޮކް އެއްވެސް ދަތިކަމެއް ނެތި ލިބެމުންދާނެކަމަށާއި، ތަކެތީގެ އަގު އުފުލިގެން ނުދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި މެދުއިރުމަތީގެ ހަނގުރާމައިގެ ކުރިންވެސް ރާއްޖޭގައި އަސާސީ ކާބޯތަކެތި ހުރި މިންވަރަށް، މިހާރުވެސް އެއްވެސް ދަތިކަމެއް ނެތި ލިބެމުންދާކަމަށެވެ. އަދި ހަނޑޫ، ހަކުރު އަދި ފުށް ލިބުމުގައި ލަސްތަކެއް ނެތްކަމަށް ވިދާޅުވި އެވެ.

މި ތަކެތީގެ ސްޓޮކް އެއް މިންވަރެއްގައި ހިފެހެއްޓުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެހެނިހެން ކާބޯތަކެތި ލިބުމުގައި އެއްވެސް ކަހަލަ ދަތިކަމެއް މިހާތަނަށް ދިމާވެފައި ނުވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ދަތިކަމެއް ދިމާވާނެކަމަށް ލަފާނުކުރެވޭ ކަމަށެވެ. އެހެންކަމުން، މި ތަކެތި ހުސްވެދާނެ ކަމުގެ އެއްވެސް ކަންބޮޑުވުމެއް ނެތްކަމުގެ ޔަގީންކަން ދެއްވިއެވެ.

އަސާސީ ކާބޯތަކެއްޗަށް ބަލާއިރުގަ، ހަމަ މި އެކަމުގަ އިރާދަކުރެއްވިއްޔާ ހަމަ ކުރީގަވެސް، ހަނގުރާމައިގެ ކުރިންވެސް އޮތް ހާލަތުގަ، ރާއްޖެއަށް ހަނޑޫ ހަކުރު ފުށް، ހަމަ އެއްވެސް ކަހަލަ ދަތިކަމެއް ނެތި، މިހާރުވެސް ހަމަ ރާއްޖޭގަ ކުރިންވެސް ހުރި އަދަދަށް، އަބަދުވެސް ގެނެވި، ހަމަ ސްޓޮކް މެއިންޓެއިން ކުރަމުން ދަނީ. އެހެންވީމާ އެކަމުގަ އިރާދަކުރެއްވިއްޔާ އެއްވެސް ކަހަލަ ދަތިކަމެއް އަދި ދިމަލެއް ނުވޭ. އަދި އެންޓިސިޕޭޓު ކުރެވޭ ކަމެއްވެސް ނޫން އިރާދަކުރެއްވިއްޔާ އެކަމުގަ އުނިވޭނެ އެއްވެސް ކަންބޮޑުވުމެއް ނެތް. އަދި އަގުވެސް މައްޗަށް ދާނެ ކަމެއް ނޫން އެއީކީއެއް.

މީގެއިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ނުވަތަ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި، ދަނޑުވެރިކަމުގެ ދާއިރާއިން އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ކާބޯތަކެތީގެ ރައްކާތެރިކަމަށް އެންމެ އެދެވޭ ސަމާލުކަމެއް ދެވިފައި ނުވާތީ، އެކަން ހައްލުކުރުމަށް ހާއްސަ އުސޫލުތަކެއް ގެންގުޅުއްވަން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގައި އުފެއްދޭ ބާވަތްތައް އިތުރުކުރުމަށްޓަކައި ދަނޑުވެރިކަމުގެ ސިނާއަތަށް އިންވެސްޓްކުރާ އަމިއްލަ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކެއް ދިނުން ހިމެނޭކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ޓެކްސްގެ އިނާޔަތްތަކާ އެކު ދަނޑުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމަކީ ވިޔަފާރިވެރިންނަށް ފައިދާހުރި ކަމަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: