ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ކުރީގައި އެމްޑީޕީއިން ވެސް ތާއިދުކުރި: ސަރަނގު އާދަމް މަނިކު

ކުރީގެ މާލޭ މޭޔަރު ސަރަނގު އާދަމް މަނިކު -- ފޮޓޯ | ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ކުރީގައި އެމްޑީޕީއިން ވެސް ތާއިދުކުރި ކަމަށާއި، އޭރު މިކަމަށް ތާއިދު ނުކުރަނީ ކުރީގެ ޑީއާރްޕީ ކަމަށް މާލޭގެ މޭޔަރުކަން އެންމެ ފުރަތަމަ ފަހަރަށް ކުރައްވާފައިވާ ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އާދަމް މަނިކް ވިދާޅުވީ ރިޔާސީ ދައުރު ދަންމާލުމަކީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާއި ގުޅޭކަމެއް ނޫންކަމަށެވެ. އަދި 2008 ގައި އައި ގާނޫނު އަސާސީއާއި، އެ ގާނޫނުތަކާއި ގުޅިގެން އައި އިންތިހާބުތަކުގެ ވެސް ކުރީގައި ރިފަރެންޑަމެއް ނެގުނު ކަމަށާއި، އެ ރިފަރެންޑަމްގައި ބެލިގެން ދިޔައީ ރާއްޖޭގައި އޮންނަންވީ ޖުމްހޫރީ ވެރިކަމެއްތޯ ނުވަތަ ޕާލިމެންޓްރީ ވެރިކަމެއްތޯ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އާދަމް މަނިކް ވިދާޅުވި ގޮތުގައި، އޭރުގައި އެމްޑީޕީގެ އިސްސަފުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބޮޑު އަގުލަބިއްޔަތެއް ރާއްޖޭގައި އޮންނަންވީ ރިޔާސީ ވެރިކަމެއްގެ ގޮތުގައި އެއްބަސްވެލެއްވިއެވެ. އަދި މިއީ ސްރީލަންކާގައި ބޭއްވުނު ބައްދަލުވުމެއްގައި ނިންމި ނިންމުމެއްކަން ވެސް އޭނާ ހާމަކުރެއްވިއެވެ. ޕާލިމެންޓްރީ ނިޒާމަކީ ރާއްޖެއަށް އާ އެއްޗެއް ކަމަށާއި، އެ ނިޒާމު ހިނގަނީ ބޮޑު ސަގާފަތަކާ އެކު ކަމަށްވާއިރު، އެއީ ދިވެހިންގެ ތެރޭގައި އޮތް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އޭރުގައި ރައީސް ނަޝީދާއި ޕާޓީގެ ފުންނާބު އުސް ދެ ބޭފުޅުން ޕާލިމެންޓްރީ ނިޒާމަށް ވަރަށް ބޮޑަށް ތާއިދުކުރެއްވި ކަމަށާއި، އެހެން ބޭފުޅުން ރައީސް ނަޝީދަށް އިހްތިރާމް ކުރުމުގެ ގޮތުން އެގޮތަށް އެއްބަސްވީ ކަމަށް އާދަމް މަނިކް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން ފެއިލްވެގެން ދިޔައީ ވަރަށް ބޮޑު ނިސްބަތަކުން ކަމަށާއި، 2008 ގެ އިންތިހާބުން ފެށިގެން އިންތިހާބުތައް އެއްދުވަހެއްގައި ބޭއްވުމުގެ ވާހަކަ ދެކެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”ކުރީގައި އެމްޑީޕީއިން ވެސް މި ކަމަށް ތާއިދުކުރި، އޭރުވެސް މި ކަމަށް ތާއިދު ނުކުރަނީ ކުރީގެ ޑީއާރްޕީ“

މީގެއިތުރުން އާދަމް މަނިކް ވިދާޅުވީ މިހާރު ޕީއެންސީ ހިނގަމުންދަނީ ކުރީގައި އެމްޑީޕީ ހިންގި ސިސްޓަމަށް ކަމަށާއި، މިހާރުގެ އެމްޑީޕީ އަމަލުކުރަމުންދަނީ އޭރުގެ އުސޫލުތަކާ މުޅިން ހިލާފަށް ކަމަށް ވިދާޅުވެ އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: