ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުއަސާސީއަށް ގެންނަ އިސްލާހު ތަސްދީގު ކުރަން ފެނޭތޯ އެހުމަކީ ގެންނަ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާވާ ކަމެއް: އަލީ ހުސެއިން

ވަކީލު އަލީ ހުސެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުއަސާސޫއަށް 8 ވަނަ އިސްލާހު ގެނައުމުގެ މުޅި ބިލު ތަސްދީގުކުރަން ފެނޭތޯ އެހުމަކީ ގާނޫނުއަސާސީއަށް ގެންނަ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާ ވެގެންދާނެ ކަމެއް ކަމަށް ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޝަރީއަތުގައި ދެ ވަކީލުން ހުށަހެޅި މައްސަލަ މިއަދު ޝަރީއަތަށް ހުށަހަޅުއްވަމުން ވަކީލް ޝިޔާމް ވިދާޅުވީ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލުގައި ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ބޭރުން ވެސް ކަންކަން ހިމަނާފައިވާ ކަމަށާއި އެހެންކަމުން މުޅި ބިލު ތަސްދީގު ކުރަން ފެނޭތޯ އެހުމަކީ ގާނޫނުއަސާސީއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާވެގެންދާނެ ކަމެއް ކަމަށެވެ.

މައްސަލަ ހުށަހެޅި ދެ ވަކީލުންގެ ފަރާތުން ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވީ ރައީސަށް ސުވާލު ފަރުމާކުރުމުގެ ބާރު ދޫކޮށްލާފައި އޮތް ނަމަވެސް އެ ބާރު ބޭނުން ކުރަން ޖެހޭނީ ގާނޫނުއަސާސީން ލާޒިމް ކުރާ ކަންކަން ކުރުމަށް ކަމަށެވެ. ކޮންމެހެން އަހަން ނުޖެހޭ ކަމެއްގައި ރައްޔިތުންގެ ވަގުތާއި ފައިސާ ހޭދަކޮށްގެން ނުވާނެ ކަމަށް ވަކީލު ވަނީ ފާހަގަކުރައްވާފައެވެ.

އަލީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދައުރަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ވޯޓަކަށް ގޮސްގެން ކަމަށާއި، އެކަން ކުރުމަކީ ލާޒިމު ކުރާ ކަމެއް ކަމަށެވެ. އެހެންކަމުން މިހާރު ފާސްކޮށްފައި އޮތް ބިލުގައިވާ ގޮތުން މަޖިލީހުގެ ދައުރުން ހަ މަސް އުނިވާތީ އެކަމާ ގުޅޭ ގޮތުން ރައްޔިތުންނާ ސުވާލު ކުރަންޖެހޭނެ ކަމަށް އޭނާފ ފާހަގަކުރިއެވެ.

އަލީ ވިދާޅުވީ އާންމު ވޯޓުގެ ސުވާލު އޮތް ގޮތުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރުން ހަ މަސް އުނިވާ ކަމެއް ރައްޔިތުންނަށް އެނގެން ނެތް ކަމަށެވެ.

ފެންނަ ނުފެންނަ ވޯޓާ ގުޅޭ ގޮތުން ހުށައަޅައިފައިވާ މައްސަލައި އަޑުއެހުންތައް މިއަދު ނިންމާލައިފައިވާއިރު، މަޖިލީހުން ފާސްކުރި ބިލު ބާތިލް ކުރުމަށް އަލީވެސް މައްސަލައެއް ސުޕްރީމް ކޯޓަށް ހުށައެޅިއެވެ. އެހެންނަމަވެސް އެ މައްސަލަ ކޯޓުން ބަލައިގެންފައެއް ނުވެއެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: