ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތް ހިންގުމުގެ އޮނިގަނޑު މިއަދުގެ ހާލަތާ އެއްގޮތަށް އަލުން ތަރުތީބު ކުރަންޖެހޭ: އާޒިމާ

ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމާއި ދައުލަތް ހިންގުމުގެ އޮނިގަނޑު މިއަދުގެ ހާލަތާ އެއްގޮތަށް އަލުން ތަރުތީބުކޮށް ”ރީކެލިބްރޭޓް“ ކުރަންޖެހޭކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ކުރިޔަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެވެ.

މި ޕެނަލް ބައްދަލުވުމުގައި އާޒިމާ ވަނީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބެއްވުމަކީ ޑިމޮކްރަސީއެއް ނޫންކަމަށާއި ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސައްހަ އެއް ނޫންކަމަށް ދެކެވޭ ވާހަކައަށް ރައްދު ދެއްވާފަ އެވެ. އާޒިމާ ވަނީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮތް އިރު، އެކަން އެގޮތުގައި ނުކުރެވި އޭރެއްގެ ސަރުކާރަކުން ބުނާ ގޮތަށް ފަންކްޝަން ކުރަމުންދާކަން ފާހަގަކުރައްވާފަ އެވެ. މާޒީގައި ވެސް ފެންނާން އޮތީ އެ މަންޒަރުކަމަށްވާއިރު، ގިނަ ބަދަލުތަކެއް ގެނެސްގެން މަސައްކަތް ކުރަން ޖެހޭކަމަށް އާޒިމާ ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ މިހާރުގެ ހާލަތަށް އާޒިމާ ވިދާޅުވީ ރާއްޖެއަކީ އާބާދީ މަދު، ޅަފަތުގެ އަދި ”އިމްޕާފެކްޓް“ މަރުހަލާއެއްގައި އޮތް ޑިމޮކްރަސީއެއް ކަމަށެވެ. އަދި ރާއްޖެ އޮތީ އިގްތިސާދީ ގޮތުން ދަތި ދަނޑިވަޅެއްގައި ނަމަވެސް، ޖިއޯޕޮލިޓިކަލް ގޮތުން ވަރަށް މުހިންމު ސަރަހައްދެއްގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އާޒިމާ އިތުރަށް ވިދާޅުވީ، ކޮންމެ ފަސް އަހަރަކުން ވެރިކަން ބަދަލުވުމާއެކު ޝަރުއީ ދާއިރާއާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ފަދަ މުއައްސަސާތަކަށް ބަދަލު ގެނައުމަކީ ދައުލަތުގެ އަސްލު ގާބިލިއްޔަތާ އެއްވަރަށް ކުރިއަށް ދިއުމަށް އޮތް ހުރަހެއް ކަމަށެވެ.

އެކައުންޓަބިލިޓީ ފަންކްޝަން ކިހިނެއްހޭ؟ ސަރުކާރުން ބުނާ ކޮންމެ ގާނޫނެއް ފާސްކުރާ ރައްޔިތުންގެ މަޖިލިސް އަޅުގަނޑުމެންނަށް މި ފެންނަނީ…. އެކަމަކާ ދެބަހެއް ނުވެވޭނެ ކޮންމެ ސަރުކާރެއް އޮތަސް ސަރުކާރުން ބޭނުން ކޮންމެ ކަމެއް އެ ކުރަނީ. ވަރަށް ރަނގަޅު މިސާލުތައް. ރާއްޖޭގެ ސަރަހައްދުން އެއްބައި ދޫކޮށްލިއިރު ރައްޔިތުންގެ މަޖިލިހަކުން ސުވާލެއް ނުކުރޭ… އެ ހާލަތުގަ އޮތް ރައްޔިތުންގެ މަޖިލިސް އެ މިއަދު ރައްޔިތުންގެ މަޖިލިސް ރަނގަޅުކުރުމަށްޓަކާ ޖަވާބުދާރީ ކުރުމަށްޓަކާ ބޭނުންވަނީ ރައްޔިތުންގެ މަޖިލިސްވެސް ރީކެލިބްރޭޓް ކުރަން. ރައްޔިތުންގެ މަޖިލިސް ބަދަލުވާން އެބަ ޖެހޭ. އަޅުގަނޑުމެންނަށް އިވިގެންދިޔަ ރައްޔިތުންގެ މަޖިލިހުގައި މިސާލަކަށް އެބަޖެހޭ ރައްޔިތުންގެ މަޖިލިހަކީ ރެޕްރެޒެންޓޭޓިވް މަޖިލިހެއް ނޫން މިއަދު އެއް. ރައްޔިތުންގެ މަޖިލިހަކީ ރެޕްރެޒެންޓޭޓިވް މަޖިލިހެއް ނަމަ ކަމަކު މިގޮތަކަށް ގާނޫނުތައް ފާސްވެގެން ނާންނާނެކަން….

ރައްޔިތުންގެ މަޖިލީހުގެ ދައުރާ ގުޅޭގޮތުން އާޒިމާ ވިދާޅުވީ މަޖިލީހުގެ މައިގަނޑު ދެ ޒިންމާއަކީ ގާނޫނު ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުން ނަމަވެސް، މިއަދު މަޖިލީހުން ފެންނަނީ ސަރުކާރުން ބޭނުންވާ ކޮންމެކަމެއްކޮށް ބިލުތައް ފާސްކުރަމުންދާ މަންޒަރު ކަމަށެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލި، އެތައް ކަންބޮޑުވުމަކާއި ބަހުސްތައް އުފެދުމުން ވެސް 19 ވަނަ މަޖިލީހުން އެކަމާ ސުވާލެއްކޮށްފައި ނުވާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން މަޖިލީހަކީ ހަގީގީ މާނައިގައި ރައްޔިތުން ތަމްސީލުކުރާ ތަނަކަށް ހެދުމަށްޓަކައި މަޖިލީހުގެ އޮނިގަނޑުވެސް ބަދަލުކުރަން ޖެހޭކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ، ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވިދާނެކަމަށާއި، އެކަމުގައި ދުސްތޫރީ ހުރަހެއް އޮތްކަމަށް މިހާތަނަށް އެއްވެސް ފަރާތަކަށް ދެއްކިފައި ނުވާ ކަމަށެވެ. އަދި ދައުލަތުގެ ހަމަޖެހުމަށްޓަކައި ވިސްނުންތައް ބަދަލުކޮށް، ބޭރުގެ ދުނިޔޭގައި ރާއްޖޭގެ ގަދަރު ހިފެހެއްޓޭނެ ފަދަ ވަރުގަދަ ދައުލަތަކަށް ރާއްޖެ ވާންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހާއްސަކޮށް ގައުމުގެ މަސްލަހަތަށްޓަކައި ގާނޫނުތަކާއި ދުސްތޫރީ އޮނިގަނޑު ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމުގެ ހިތްވަރާއި ފަންވަރު ހުންނަންޖެހޭނެކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވި ގޮތުގައި ދައުލަތް ހިންގުމުގެ އޮނިގަނޑުގައި ޒުވާނުންނާއި، ތައުލީމާއި، ސިއްހީ ހިދުމަތް ފަދަ ކަންކަން އެންމެ ފުރިހަމައަށް ހާސިލުވާނެ ގޮތެއް ހޯދަން ޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: