ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭނުންވަނީ އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވާ ބެލެންސްޑް މަޖިލީހެއް: ދިޔާނާ

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕަރ މެޖޯރިޓީ މަޖިލީހެއްގެ ބަދަލުގައި ރައްޔިތުންނަށް ބޭނުންވަނީ އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވާ ބެލެންސްޑް ނުވަތަ ހަމަހަމަ މަޖިލީހެއްކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ދިޔާނާ މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ކުރިޔަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެވެ.

މި ޕެނަލް ބައްދަލުވުމުގައި ދިޔާނާ ވަނީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބެއްވުމަކީ ޑިމޮކްރަސީއެއް ނޫންކަމަށާއި ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސައްހަ އެއް ނޫންކަމަށް ދެކެވޭ ވާހަކައަށް ރައްދު ދެއްވާފަ އެވެ. އާޒިމާ ވަނީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮތް އިރު، އެކަން އެގޮތުގައި ނުކުރެވި އޭރެއްގެ ސަރުކާރަކުން ބުނާ ގޮތަށް ފަންކްޝަން ކުރަމުންދާކަން ފާހަގަކުރައްވާފަ އެވެ.

ދިޔާނާ ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް މިހާރު ގެނެސްފައިވާ ބަދަލުތަކަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކާއި ތިންކް ޓޭންކް ތަކުންވެސް ބަލައިގެންފައިވާ ރަނގަޅު ބަދަލުތަކެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ތަފާތު ސިޔާސީ ފިކުރުތަކުގެ ބޭފުޅުން މި ބަދަލަށް ތާއީދުކުރައްވަނީ އޭގެ ސަބަބުން ދުސްތޫރީ ގޮތުން ވަރަށް ބޮޑެތި މަންފާތަކެއް ލިބެން އޮތުމުންނެވެ.

ދިޔާނާ ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ދެ ދައުރާއި މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައިވެސް ފެނިގެންދަނީ ސުޕަރ މެޖޯރިޓީ ނުވަތަ ވެރިކަން ކުރާ ޕާޓީގެ މުތުލަގު ބާރު އޮންނަ މަޖިލީސްތަކެކެވެ. މީގެ ސަބަބުން ސަރުކާރާއި މަޖިލިސް މާބޮޑަށް މަސްހުނިވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ފަހަތަށް ޖެހި، ބާރުތައް ވަކިކުރުމުގެ އަސްލު މަގުސަދު ގެއްލިގެންދާކަމަށް ދިޔާނާ ވިދާޅުވި އެވެ.

މިފަދަ ނުފޫޒުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ދިޔާނާ ވިދާޅުވީ، ބޭނުންހާ ހިނދަކު ފަނޑިޔާރުން ވަކިކުރުމާއި، ގާނޫނުއަސާސީއަށް 18 އަހަރު ނުވަނީސް އަށް އިސްލާހެއް ގެނެސްފައިވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި މިހާތަނަށް ފަސް ފަހަރެއްގެ މަތިން ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނެސްފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

ދިޔާނާ ވިދާޅުވި ގޮތުގައި، ސުޕަރ މެޖޯރިޓީ މަޖިލީހެއްގެ ބަދަލުގައި ރައްޔިތުންނަށް ބޭނުންވަނީ އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވާ ބެލެންސްޑް ނުވަތަ ހަމަހަމަ މަޖިލީހެކެވެ. މިހާރު ގެނެވުނު ބަދަލުގެ ސަބަބުން އެފަދަ މަޖިލީހެއް ލިބިގަތުމުގެ މަގު ފަހިވާނެކަމަށް ދިޔާނާ ވިދަޅުވި އެވެ. ދިޔާނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކޮށް، އެ ރައީސެއްގެ ދައުރުގެ ތެރޭގައި މަޖިލިސް އިންތިހާބު ބޭއްވުމުން، ދައުލަތުގެ ހުރިހާ ބާރަކާއި ނުފޫޒަކާއެކު ސަރުކާރުން ނިކުތުމުން ރައްޔިތުންގެ ވިސްނުން އެދިމާލަށް ލެނބިގެންދާކަމަށެވެ.

ދިޔާނާ ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންގެ ގާތަށް ވެރިން ދިއުން ހުއްޓޭނެ ކަމަށް ބުނާ ވާހަކަ ގަބޫލުކުރަން ދަތި ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ދިޔާނާ ފާހަގަކުރެއްވީ، ރާއްޖޭގެ އިދާރީ ހިންގުން ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ތެރެއިން ލާމަރުކަޒީ ކުރެވި، ރައްޔިތުން އިންތިހާބުކުރާ ކައުންސިލްތަކުގެ ދައުރު ފުޅާކުރެވި ބާރުތައް ދެވިފައިވުމެވެ.

ދިޔާނާ ވިދާޅުވީ، ވުޒާރާތަކާއި ރައްޔިތުންނާ ދެމެދު މުއާމަލާތް ކުރެވޭނެ ފާލަންތައް މިހާރު އެޅިފައިވާ ކަމަށާއި، ރައްޔިތުންގެ އަޑު ވަގުތުން އިއްވޭނެ އެތައް ވަސީލަތްތަކެއް ގާއިމުކުރެވިފައިވާ ކަމަށެވެ.

މިހާރު އެންމެ ބޮޑު އެއް މައްސަލައަކަށް ނިޒާމުގައި މި އުޅެނީ ރައްޔިތުންގެ ބޭނުންތަކަށް އެދެވޭ ގޮތުގައި ވަކާލާތުކޮށްދޭނެ، ސަރުކާރު ޖަވާބުދާރީ ކުރެވޭނެ މަޖިލީހެއް މިހާރު މިއޮތް އިންތިހާބީ ނިޒާމުން ލިބިނުގަނެވި އޮތުން..

މި ރިފެރެންޑަމްއިން މަސައްކަތް ކުރާނީ އެކަމަށް ހައްލެއް ހޯދުމަށްދިޔާނާ ފާހަގަކުރެއްވި ގޮތުގައި، މިހާރު ކުރިއަށްދާ ރިފަރެންޑަމްގެ މަސައްކަތަކީ އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: