ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ވިސްނުންފުޅަކީ މަޖިލީހުގެ 10 ޕަސަންޓު ޒުވާނުންނަށް ހާއްސަ ކުރުން!

ސަންގުޓީވީ - އެސްޕްރެސޯ ވިތް ރައީސް: ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ | ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ޒުވާނުންނަށް ހާއްސަކުރުމަށް، ސަރުކާރުން ގެންގުޅޭ ސިޔާސަތުގައި ވިސްނުމަކީ 10 އިންސައްތަ ޒުވާނުންނަށް ހާއްސަކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީން އިންތިޒާމުކޮށްގެން މިރޭ ކުރިޔަށް ގެންދިޔަ ”އެސްޕްރެސޯ“ ވިތް ރައީސްގައި، އޭޕްރިލް މަހު ބާއްވާ ރިފެރަންޑަމް ވޯޓާއި ގުޅޭގޮތުން ސަރުކާރުގެ ވިސްނުން ވަނީ ހިއްސާކޮށްފަ އެވެ. އަދި މަޖިލީހުގައި ޒުވާނުންގެ ދައުރު އިތުރު ކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމާއި ގުޅޭގޮތުން އެމަނިކުފާނު ވާހަކަ ދެއްކެވި އެވެ.

އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ ގައުމުގެ ކަންކަން ބައްޓަން ކުރުމާއި ބަސް އިއްވުމުގައި ޒުވާނުންގެ ބައިވެރިވުން ފުޅާކޮށް، ފުރަސަތުތައް ފަހިވާން ޖެހޭކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން، މި އަހަރުގެ ތެރޭގައި ޔޫތް ޕާލިމަންޓް ފެށޭނެކަމަށް ރައީސް ވިދާޅުވި އެވެ.

މިދިޔަ ހޯމަ ދުވަހު އޮތް ޕްރެސްގައި ރައީސް މުއިއްޒު ވަނީ، މަޖިލީހުގައި 30 އަހަރުން ދަށުގެ ޒުވާނުންނަށް ގޮނޑި ހާއްސަކޮށް، އަންހެނުންނަށް ވެސް ވަކި އިންސައްތައެއް ކަނޑައެޅުމަށް ވިސްނުން ގެންގުޅުއްވާކަން ހާމަކުރައްވާފަ އެވެ.

އެ ވިސްނުން އިތުރަށް ތަފްސީލުކޮށްދެއްވައި ރައީސް މިރޭ ވިދާޅުވީ، އެމަނިކުފާނުގެ ހިޔާލަކީ މަޖިލީހުގައި 30 އަހަރުން ދަށުގެ ޒުވާނުންނަށް އިސްކަން ދެވޭ ގޮތަށް ކޯޓާއެއް ކަނޑައެޅުން ކަމަށެވެ.

މީގެ ސަބަބުން ޒުވާނުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި އެމަނިކުފާނު ވިދާޅުވީ ގައުމީ ބޮޑެތި ކަންކަމަށް ގޮތް ނިންމުމުގައި، ޒުވާނުންނަށް ބަސް ބުނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އަޅުގަނޑުގެ ވިސްނުމުގައި އޮތީ 10 ޕަސެންޓު ޒުވާނުންނަށް. 10 ޕަސެންޓު އަންހެން ބޭފުޅުންނަށް. އެހެންކަމުން މިސާލަކަށް މިހާރު އޮތް މަޖިލީސް 93 ގޮނޑި. އެއީ ގާތްގަނޑަކަށް 9 މެމްބަރުން ޒުވާން ބޭފުޅުން، 30 އަހަރުން ދަށުގެ. އަދި 9 އަންހެން ބޭފުޅުންނަށް

ސަރުކާރުން މިކަމުގައި ވިސްނުން މިހެން ގެންގުޅުނު ނަމަވެސް، ސީދާ ގޮތް ނިމިގެން ދާނީ ގާނޫނަށް ގެންނަ އިސްލާހުގެ ދަށުންކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ، މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުނަށް ހާއްސަކުރުމުގައި ރައްޔިތުންގެ މެދުގައި މަޝްވަރާކޮށް ހިޔާލު ހޯއްދަވަން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: