ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންނަ ނުފެންނަ ވޯޓު މައްސަލައިގެ ހުކުމް އިއްވުން މިއަދު!

ޝެއާރކޮށްލާ ކަހަލަދޯ؟

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ގާތުން އަހާ ސުވާލަކީ ގާނޫނާއި ހިލާފު ސުވާލެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ ހުކުމްކުރުން މިއަދަށް ތާވަލުކޮށްފިއެވެ.

ސުޕްރީމް ކޯޓުން މައްސަލައިގެ ގޮތެއް ނިންމުން ތާވަލުކޮށްފައި ވަނީ މިއަދުގެ މެންދުރު 13:00 އަށެވެެ.

މި މައްސަލަ ކޯޓަށް ހުށައެޅީ އެމްޑީޕީގެ ދެ ގާނޫނީ ވަކީލުން ކަމަށްވާ އިބްރާހީމް ޝިޔާމް އަދި އައިކު އަހްމަދު އީސާއެވެ.

މި މައްސަލައިގައި ވަނީ ރައީސުލްޖުމްހުރިއްޔާ ރައްޔިތުންގެ ގާތުން އަހާ ސުވާލަކީ ގާނޫނާއި ހިލާފު ސުވާލެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި އެ ސުވާލު މިހާރު އޮތް ގޮތަށް އެހުމުން އަސްލު އަންނާނެ ބަދަލު ރައްޔިތުންނަށް ވަންހަނާ ވާ ކަމަށް މީގެކުރިން ބޭއްވި އަޑުއެހުމުގައި މައްސަލަ ހުށައެޅި ފަރާތުން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގައި ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި ދައުލަތުން ބުނެފައި ވަނީ ގާނޫނުއަސާސީގައިވެސް އަދި ރެފެރަންޑަމް ގާނޫނުގައިވެސް ސުވާލު އޮންނަންވީ ވަކި އިބާރާތެއް ނުވަތަ ވަކި ގޮތެއް ބަޔާން ނުކުރާ ކަމަށާއި، މިހާލަތުގައި އައިރު ދުސްތޫރީ ކަމެއް އޮތް ކަމަށް ދަުލަތުން ނުދެކޭ ކަމަށެވެ. އެހެންނަމަވެސް މައްސަލަ ހުށައެޅި ފަރާތުން ބުނެފައިވަނީ އެ ސުވާލުގައި ގާނޫނުއަސާސީގެ 8 ވަނަ މާއްދާއަށް އިސްލާހު ގެންނަން އެހުމުން ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވާކަން އޮތީ ރައްޔިތުންނަށް ވަންހަނާ ވެފައި ކަމަށެވެ.

އެހެންކަމުން ސުވާލުގައި އެބައި ހިމަނަން ޖެހޭ ކަމަށް މައްސަލަ ހުށައެޅި ފާރާތުން ވަނީ ވަކާލާތު ކޮށްފައެވެ. މި މައްސަލައިގައި ފުރަތަމަ އަޑުއެހުން ނިންމާލައި ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު، އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ މި މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ. އުއްތަމަ ފަނޑިޔާރުގެ އިތުރަށް މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: