ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރުތުތަކާއި ހިލާފުވުމުން، ފުވައްމުލަކުގެ ޑްރަގްގެ ބޮޑުންކަމަށް ބުނާ ދެ މީހުން ޝަރީއަތް ނިމެންދެން އަލުން ބަންދަށް!

ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓުވޯކުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ފުލުހުން ތުހުމަތުކޮށް ދައުވާކުރި ދެމީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި، ވިޔަފާރި ކުރަމުން ދިޔަކަމުގެ ތުހުމަތު ކުރެވޭ އިސް ދެ މީހުންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލާފައި ވަނިކޮށް ދޫކޮށްލި މީހުން އަލުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މިއީ 2024 އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި އަތުލައިގަތް ނެޓްވޯކެކެވެ. އެ ރަށުން ފުލުހުން ހައްޔަރު ކުރީ ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދާއި، ދޫޑިގަން، ޒަމާނީ ވިލާ ހަސަން އާޒިމެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ފުލުހުންގެ ތަހުގީގަށް އެނގޭ ގޮތުން އާޒިމް އިސްވެ ހުރެ ނިއުޝާދާއި ދެ މީހުން ވެގެން މަސްތުވާތަކެތި ވިއްކުމަށްޓަކައި ނެޓްވޯކެއް ގާއިމުކޮށްފައިވާކަމަށެވެ. އަދި އެ މީހުންގެ ބައިވެރިންނަށް މުސާރަ ދީގެން މަސްތުވާތަކެތި ވިއްކައި ފައިސާ ހޯދަމުން ދިޔަކަމަށެވެ.

މައްސަލައިގައި މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި އެ ދެ މީހުންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާގެ އިތުރުން އުފުލާފައި ވަނީ ކުށް ކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

މިދިޔަ އަންގާރަ ދުވަހު ދެ މީހުން ބަންދުން ދޫކޮށްލާފައި ވަނިކޮށް އަލުން ރޭގެ ވަގުތެއްގައި ހައްޔަރު ކުރީ، ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭތީ އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ ޝަފީއު ވިދާޅުވީ ނިއުޝާދުއާއި، އާޒިމް ބަންދުން ދޫކޮށްފައިވަނިކޮށް ކޯޓުން ކަނޑައެޅި ޝަރުތުތަކާ ހިލާފުވެފައި ވާތީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާކަމަށެވެ.

ދައުވާއަށް ފަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މީޑިއާތަކަށް އާންމު ކުރި ބަޔާނުގައި ބުނީ، ފުލުހުންގެ ތަހުގީގަށް އެނގޭ ގޮތުން އާޒިމް އިސްވެ ހުރެ ނިއުޝާދާއި ދެ މީހުން ވެގެން މަސްތުވާތަކެތި ވިއްކުމަށްޓަކައި ނެޓްވޯކެއް ގާއިމުކޮށްފައިވާކަމަށެވެ. އަދި އެ މީހުންގެ ބައިވެރިންނަށް މުސާރަ ދީގެން މަސްތުވާތަކެތި ވިއްކައި ފައިސާ ހޯދަމުން ދިޔަކަމަށެވެ. މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވުނު އިތުރު ކަމެއްގެ ގޮތުގައި ވަނީ، ކްރެޑިޓަށް މަސްތުވާތަކެތި ދޫކޮށް އޭގެ ހިސާބުތައް ބަކި ތަރުތީބެއްގެ ދަށުން ބަލަހައްޓަމުން ދިއުމެވެ.

ދެ މީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ، ޖުލައި 1، 2019 އިން ފެށިގެން އޮގަސްޓު 1، 2024 ދެމެދު މަސްތުވާތަކެއްޗާއި ގުޅުން ހުރި އެކި ފަރާތްތަކުން އާޒިމްގެ އެކައުންޓަށް 5.9 މިލިއަން ރުފިޔާ ޖަމާކޮށްފައި ވާތީ އެވެ. އަދި އެއީ ކޫށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކު ކުރެވޭ ހާލަތުގައި އެ ފައިސާ އޭނާގެ އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާކަމަށް ދައުވާގައި ވެއެވެ.

ނިއުޝާދުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައި ވަނީ، އެ މުއްދަތުގެ ތެރޭގައި އޭނާގެ އެކައުންޓަށް މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން 21.8 މިލިއަން ރުފިޔާ ޖަމާކޮށްފައި ވާތީ އެވެ.

މީގެއިތުރުން ކުށް ކޮށްގެން ހޯދާފައިވާކަމަށް ދައުވާގައި ބަޔާންކޮށްފައިވާ ފައިސާއިން މުދަލުގެ މިލްކުވެރިކަމާއި، އަތުގެ ވެރިކަމާއި، ތަސައްރަފު ކުރުމުގެ ހައްގު ހޯދައި، ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާއިން ހާސިލުކޮށްފައިވާ ނަތީޖާއެއްކަމަށް ވީތީ ފައިސާއާއި މުދާ ދައުލަތަށް ނަގައިދިނުމަށް އެދިފައި ވެއެވެ.

ހިފެހެއްޓި ތަކެތީގެ ތެރޭގައި ހިމެނެނީ 1.1 މިލިއަން ރުފިޔާ، 4 ސައިކަލު، 5 ކާރު، 2 ޕިކަޕު، 1 ކަނޑު އުޅަނދާއި، 29 ސަންކޮނުއަރ ގުރާގެ އިތުރުން 9 ރިންގް ނެކް ގުރާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: