ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑޮނީޝިއާގެ ޓާނޭޓް ސަރަހައްދަށް ރިކްޓަރ މިންގަނޑުން 7.4 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑޮނޭޝިއާގެ ތާނާޓޭ ސިޓީގެ އައްސޭރިފަށާ ދުރުން، އުތުރު މޮލުއްކާ ކަނޑަށް ރިކްޓަރ މިންގަނޑުން 7.4 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުމާ ގުޅިގެން މަދުވެގެން އެކަކު މަރުވެފައިވާއިރު، ބިންހެލުމަށްފަހު ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް، ފަހުން ވަނީ އެ އިންޒާރު އަނބުރާ ގެންގޮސްފައެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސަވޭ (ޔޫ.އެސް.ޖީ.އެސް) އިން ހާމަކުރި ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު އައި މި ބިންހެލުން އުފެދިފައިވަނީ ބިމުގެ 35 ކިލޯމީޓަރު (22 މޭލު) އަޑިންނެވެ. ބިންހެލުން އައި ސަރަހައްދަކީ ތާނާޓޭ ސިޓީއާ ގާތްގަނޑަކަށް 120 ކިލޯމީޓަރު (75 މޭލު) ދުރު ސަރަހައްދެކެވެ. ބިންހެލުން އައި ވަގުތު މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ވަގުތުން ލިބިފައި ނުވި ނަމަވެސް، ބައެއް އިމާރާތްތަކަށް ގެއްލުން ލިބިފައިވާ މަންޒަރުތައް މީޑިއާތަކުން ވަނީ ދައްކާފައެވެ.

އުތުރު ސުލަވެސީ ޕްރޮވިންސްގެ މަނާޑޯ ސިޓީގައި އިމާރާތެއް ވެއްޓުމުގެ ސަބަބުން އެކަކު މަރުވެފައިވާކަން އެ ސަރަހައްދުގެ ސާޗް އެންޑް ރެސްކިއު އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައެވެ. އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން އޮފިޝަލް ވިދާޅުވީ، ”މަރުވި މީހާ މަރުވީ އިމާރާތުގެ ބައިތަކުގެ ދަށުވެގެން“ ކަމަށާއި، މި ހާދިސާގައި އިތުރު މީހެއްގެ ފަޔަށް އަނިޔާވެފައިވާ ކަމަށެވެ.

ބިންހެލުމާ ގުޅިގެން ހަވާއީގައި ހުންނަ ޕެސިފިކް ސުނާމީ ވާރނިންގ ސެންޓަރުން ފުރަތަމަ އިންޒާރު ދިނީ، ބިންހެލުން އުފެދުނު ސަރަހައްދުން ފެށިގެން 1,000 ކިލޯމީޓަރުގެ ރޭޑިއަސްއެއްގައި ހިމެނޭ އިންޑޮނޭޝިއާ، ފިލިޕީންސް އަދި މެލޭޝިއާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ނުރައްކާތެރި ސުނާމީގެ ރާޅުތައް އެރުމުގެ ފުރުސަތު އޮތް ކަމަށެވެ. ނަމަވެސް، ބިންހެލުން އައިތާ ދެ ގަޑިއިރު ފަހުން އެ އިދާރާއިން ވަނީ ސުނާމީގެ ނުރައްކާ މިހާރު ފިލާފައިވާ ކަމަށް ބުނެ އިންޒާރު އުވާލާފައެވެ.

އިންޑޮނޭޝިއާގެ ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި، ބިންހެލުމަށްފަހު އުތުރު ސުލަވެސީގެ ބައެއް ސަރަހައްދުތަކަށް 20 އާއި 75 ސެންޓިމީޓަރާ ދެމެދުގެ އުސްމިނުގެ ރާޅުތައް އަރާފައިވެއެވެ. އިންޑޮނޭޝިއާއަކީ ބިމުގެ ގުދުރަތީ ފަށަލަތައް ބައްދަލުވާ، އަދި ބިންހެލުންތަކާއި އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާތައް ގިނައިން ހިނގާ ސަރަހައްދެއް ކަމަށްވާ ”ޕެސިފިކް ރިންގް އޮފް ފަޔަރ“ ގައި އޮންނަ ގައުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: