ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ޤަވައިދުގެ ތެރެއަށް ވަނުމަށް ފަހު ފުރުސަތު!

ފޮޓޯ" އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ޤަވާއިދުގެ ތެރެއަށް ވަނުމަށްޓަކައި އިތުރު ފުރުސަތެއް ދިނުމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

މި ނިންމުމުގެ ދަށުން، ބިދޭސީން ޤަވާއިދަށް ފެއްތުމަށް ހިންގާ ޕްރޮގްރާމްގެ މުއްދަތު މިހާރު ވަނީ އިތުރުކޮށްފައެވެ.

ވުޒާރާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ”އޮޕަރޭޝަން ކުރަނގީ“ ގެ ދަށުން ކުރިއަށްގެންދާ ”މާސް ލީގަލައިޒޭޝަން ޕްރޮގްރާމް“ ގެ މުއްދަތު، ގިނަ ވަޒީފާދޭ ފަރާތްތަކެއްގެ އެދުމުގެ މަތިން 2 މެއި 2026 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. މި ފުރުސަތަކީ ވަޒީފާ އަދާކުރުމުގެ ހުއްދަ ނެތް ފަރާތްތަކާއި، ހުއްދައިގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުގެ އިތުރުން، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ނެތް ބިދޭސީންނަށް އަމާޒުކޮށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.

ދާހިލީ ވުޒާރާއިން ވަނީ މިއީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ދެވޭނެ އެންމެ ފަހުގެ ފުރުސަތުކަން ހާމަކޮށްފައެވެ. ”މިއީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހުގެ ފުރުސަތު ކަމާއި، މި މުއްދަތުގެ ފަހުން އިތުރު ފުރުސަތެއް ނުދެވޭނެ،“ ކަމަށް އެ ވުޒާރާގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

މި ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ގައުމީ ސަލާމަތާ ގުޅިފައިވާ މުހިންމު ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މިގޮތުން، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މާލެ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ އަދި އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަންތައް މިހާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވެފައިވަނީ، އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހި 3 މެއި 2026 ގައި ފެށޭނެ ކަމަށެވެ. އެ ފިޔަވަހީގެ ދަށުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދީ ޑީޕޯޓް ކުރެވޭނެ ކަމަށާއި، ތިން އަހަރުގެ މި އޮޕަރޭޝަން ނިމުމާއެކު 2 މެއި 2027 ގައި ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 1485 އަށް ގުޅުއްވުމަށް ނުވަތަ xpat@mohst.gov.mv އަށް އީމެއިލް ކުރެއްވުމަށް ދާހިލީ ވުޒާރާއިން ވަނީ އެދިފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: