ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުތަކުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް އާޓިފިޝަލް ބީޗުގައި ހާއްސަ ޖަލްސާއެއް ބާއްވައިފިއެވެ.

މި ޖަލްސާގައި އެމްޑީޕީގެ އިސް ލީޑަރުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.

މި ޖަލްސާގައި އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދުގެ އިތުރުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ޕާޓީގެ ވަގުތީ ޗެއާޕާސަންގެ އިތުރުން އިސްސަފުގައި ހަރަކާތްތެރިވާ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިންތިހާބުވި ފަސް މޭޔަރުންގެ ތެރެއިން ހަތަރު މޭޔަރުން މި ޖަލްސާގައި ބައިވެރިވެވަޑައިގެންފައިވާކަން ފާހަގަކުރެވެއެވެ.

ޖަލްސާގެ އިންތިޒާމުތަކާ ގުޅިގެން ބައެއް ހިޔާލުތަފާތުވުންތައް ވަނީ ފެންމަތިވެފައެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާ ގޮތަށް އޮތުމަށްފަހު، ފަހުން އެ ފުރުސަތު ނުދޭން ނިންމުމާ ގުޅިގެން އެމަނިކްފާނު ޖަލްސާއަށް ވަޑައިނުގެންނެވުމަށް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ޖަލްސާއިން ފެނިފައި ނުވާއިރު، އޭނާ ވަނީ ކާމިޔާބީއާ ގުޅޭގޮތުން އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. މި ޖަލްސާގައި ވާހަކަދެއްކެވި ބޭފުޅުންނާ މެދު ކުރީގެ މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވީ ރާއްޖެ ”ރަން ރީނދޫ“ ވެގެންދާއިރު، އެކަތިގަނޑެއްގެ ގޮތުގައި ތިބެ ކުރަންޖެހޭ މަސައްކަތަކީ މިހާރު އޮތް ސަރުކާރު ބަލިކޮށް ރާއްޖެ ހަމަ މަގަށް އެޅުވުން ކަމަށެވެ.

 ”އަޅުގަނޑުމެންގެ ތެރޭގައި ހިޔާލު ތަފާތުވުން އެއްކިބާކޮށް އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނީ މި ސަރުކާރު ބަދަލުކޮށްލާ ރާއްޖެއަށް ހެޔޮ ގޮތް ހޯދުމަށް،“ ޝާހިދު ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ، އިންތިހާބުގެ ނަތީޖާއިން ރައްޔިތުން ދިން މެސެޖް ވަރަށް ސާފު ކަމަށެވެ. އަދި ރައްޔިތުން އެ ބުނީ، ސަރުކާރު ފެއިލް ވެއްޖެކަން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، މިހާރު ރައީސް މުއިއްޒު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ކަމަށް ހޮވިވަޑައިގެންނެވި އާދަމް އާޒިމް ވިދާޅުވީ ރައްޔިތުން މިހާރު އުޅެނީ ވަރަށް ހާލުގައި ކަމަށާއި، ބޭހަށް ވެސް ސަލާންޖަހަން ޖެހިފައިވާ ކަމަށެވެ. މި ޖަލްސާ ނިންމާލާފައިވަނީ ކުރިއަށް އޮތް ތަނުގައި ޕާޓީ އިތުރަށް ވަރުގަދަކޮށް ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސައްކަތް ވަރުގަދަކުރުމުގެ އަޒުމާއެކުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: