ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސާ އަލީ ޖަލީލް، އޭނާއަށް ތާއީދުކުރި ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފި

ފޮޓޯ: ޕީ.އެން.ސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި މޫސާ އަލީ ޖަލީލް، އޭނާއަށް ތާއީދުކޮށް ވޯޓުދެއްވި ހުރިހާ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވައިފިއެވެ.

މޫސާ އަލީ ޖަލީލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު އޭނާއަށް ދެއްވި ކަމަށްޓަކައި ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި، ޕާޓީގެ ލީޑާޝިޕްގެ އިތުރުން ހުރިހާ މެންބަރުންނަށް ނުހަނު ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އިންތިހާބުގެ ކަންކަމުގައި ދެއްވި ބޮޑު އެހީތެރިކަން އޭނާ ފާހަގަކުރެއްވިއެވެ.

”މާލެ ސިޓީގެ މޭޔަރުކަމަށް އަޅުގަނޑަށް ވޯޓު ދެއްވި ހުރިހާ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ކުރެއްވި އިތުބާރާ ދެއްވި ތާއީދު އަބަދުވެސް ޝުކުރުވެރިކަމާއެކު ހަނދާން ބަހައްޓާނަން،“ މޫސާ އަލީ ޖަލީލްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މި އިންތިހާބުގައި މާލޭގެ މޭޔަރުކަން ކާމިޔާބު ކުރައްވާފައިވަނީ އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އާޒިމެވެ. މޫސާ އަލީ ޖަލީލް ވަނީ އިންތިހާބު ކާމިޔާބު ކުރެއްވި ހުރިހާ ކެނޑިޑޭޓުންނަށް މަރުހަބާ ދަންނަވާފައެވެ.

ބަޔާން ނިންމަވާލައްވަމުން މޫސާ އަލީ ޖަލީލް ވިދާޅުވީ، ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ފާގަތިކަމާއި ބާއްޖެވެރިކަން ތާއަބަދުމެ މިންވަރުކުރެއްވުމަށް އެދި ދުއާކުރައްވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: